ޚަބަރު

އެމްއާރްއެމްގެ ޒައީމްގެ މަޤާމަށް މައުމޫން، ރައީސް ކަމަށް ފާރިސް ވޯޓަކާނުލައި ހޮވިއްޖެ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ޒައީމްގެ މަޤާމަށް ކުރީގެ ރައީސް މައުމޫން، އަދި އެޕާޓީގެ ރައީސް ކަމަށް މައުމޫންގެ ދަރިކަލުން ފާރިސް ވޯޓަކާނުލައި އިންތިޚާބު ވެއްޖެއެވެ.

އެގޮތުން އެމްއާރުއެމްގެ ޤައުމީ މަޖްލިސް އިންތިޚާބުގައި ވޯޓަކާއި ނުލައި އިތުރު މަޤާމްތަކަށް ވަނީ ބޭފުޅުން އިންތިޚާބު ވެފައެވެ. އެގޮތުން އަންހެން މެމްބަރުންގެ ތެރެއިން ނާއިބް ރައީސްކަމަށް ޚާއްސަކުރި މަޤާމަށް ނާދިރާ ވަނީ ހޮވިފަ އެވެ.

މީގެ އިތުރުން ވެސް މިމަޤާމުތަކުގެ ތެރެއިން މުހިންމު ގިނަ މަޤާމުތަކަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ. އެހެންވެ އެފަދަ 12 މަޤާމަކަށް މެމްބަރުން ވަނީ ވޯޓަކާއި ނުލައި ވަނީ ހޮވިފަ އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރުއެމްގެ ޤައުމީ ޖަލްސާގައި 16 މަޤާމަށް ވަނީ ހުޅުވާލާފަ އެވެ. އަދި އެ މަގާމުތަކަށް 72 ބޭފުޅަކު ވާދަކޮށްކޮށްފައިވެ އެވެ.

މި އިންތިޚާބުގައި ވޯޓަކުން ކަނޑައަޅަންޖެހޭ 4 މަޤާމަކީ ނާއިބް ރައީސް، އެގްޒެކެޓިވް ކޮމެޓީގެ ފިރިހެން މެމްބަރ، ޒުވާނުންގެ ކައުންސިލަށް އަންހެނުންގެ ތެރެއިންނާއި ފިރިހެނުންގެ ތެރެއިން އިންތިޚާބު ކުރަންޖޭ މެމްބަރުން ނެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގަ އެވެ. އަދި އެޕާޓީގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެން ނެވެ.

އެމްއާރުއެމް އިން ބުނީ އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ލަސްވެފައިވަނީ ކޯވިޑާއި ގުޅިގެން ކަމަށެވެ.

އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުން ނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close