ޚަބަރު

ސާލިމް މެރުމަށް ހުކުމްކޮށްފި

އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ ގާތިލް ކަމަށްވާ ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ފައިސާގެ ބޭނުމުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މަހްމޫދު މަރާލުމަށް ފަހު، އެ ރަށު ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލި ކަމަށް ބަންގްލަދޭޝްގެ ސާލިމް ވަނީ ޝަރީއަތުގައި ކުރިން އެއްބަސްވެފަ އެވެ.

އެއީ ޝައިތޯނާ އޭނާގެ ބޮލަށް އެރެގެން ކުރެވުނު ކަމެއް ކަމަށް ބުނެ އެކަމަށް މާފަށް އެދިފައި ވިޔަސް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.

ސާލިމް މެރުމަށް ކޯޓުން ދެންމެ ހުކުމްކުރިއިރު މަހުމޫދުގެ ހުރިހާ ވާރިސުން ވެސް ބޭނުން ވަނީ މަރަށް މަރުހިފާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close