ޚަބަރު

ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް 50 ޙާފިޒުން ގެނައުމަށް އަދާލަތުން ނިންމައިފި

ވޭތުވެދިޔަ އަހަރުތަކެކޭވެސް އެއްފަދައިން މިހިނގާ 1440 ވަނަ އަހަރުގެ ރަމަޟާން މަހުގައިވެސް ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް އިމާމުން ގެނެސްދޭގޮތަށް އަދާލަތުން ނިންމައިފިއެވެ.

އަދާލަތުޕާޓީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެޕާޓީން ނިންމާފައިވަނީ 50 ޙާފިޒުން މިއަހަރުގެނައުމަށް ކަމަށެވެ.

އަދި އެގޮތުން ގެނެވޭ އިމާމުން ނުވަތަ ޙާފިޡުން ރާއްޖެ ގެނައުމާއި އަންބުރާ ފޮނުވާލުމާއި، މާލޭގައި މަޑުކުރައްވާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި، ރަމަޟާން މަސް ނިމުމާއިއެކު ޙާފިޡުން އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރައްވަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއި، ޙާފިޡުންނަށް ދޭ އެލަވަންސަށް ހިނގާނެ ޚަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ -/24900 (ސައުވީސްހާސް ނުވަ ސަތޭކަ) ރުފިޔާ ކަމަށްވެސް އެއިޢުލާންގައިވެއެވެ.

މިއަހަރު، އަދާލަތު ޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ޝައުޤުވެރިވާފަރާތްތަކުން 14 މާރޗު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އަދާލަތު ޕާޓީގެ މަރުކަޒީ އިދާރާ (ހ.ފުލިދޫގެ، 3 ވަނަ ފަންގިފިލާ) އަށް ރަސްމީކޮށް އެކަން އަންގަވައި، ފައިސާ ދެއްކެވުމަށް އެޕާޓީން އެދެއެވެ.

އަދާލަތު ޕާޓީން ބުނީ 14 މާޗަށް ފަހު ފައިސާ ބަލައިނުގަނެވޭނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342674، 9903231 ނުވަތަ 7906507 އަށް ގުޅުއްވުމަށް އަދާލަތު ޕާޓީން އެދެއެވެ.

އެއް ކޮމެންޓް

  1. Minoon dhuvaheh minoon gotheh alhe fenaani kon dhuvahakun hey islam kanmathi thibeythaa mivee umurun veehaa dhuvaheh miraajeah avateri budist srilankaain guruan hithudhas gaareen genaumahvuren gena hisaabah dhiyaitheeve bunaane echeh ebaoiyhe?

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close