ޚަބަރު

ރައީސް އިބްރާހިމަކީ ރަސޫލެއް ކަމަށް ބުނެފާނެކަމުގެ ބިރު އެބައޮތް: އަލީ ރަމީޒު


ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ރަސޫލެއްކަމަށް މީނާ ބުނެފާނެކަމުގެ ބިރު އޮތްކަމަށް އަލީ ރަމީޒު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ރައްދުވާގޮތަށް ބުނެފި އެވެ.

އަލީ އެގޮތަށް ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއްކަމަށް އިމްރާން މިއަދު ވިދާޅުވުމާ ގުޅިގެން އަލީ ކުރި ޓުވީޓެއްގައެވެ.

އަލީ ރަމީޒު ބުނީ ރައީސް ސޯލިހުއަކީ ރަސޫލެއް ކަމަށް އިމްރާން ވިދާޅުވެދާނެ ބިރު އޭނާގެ ހިތުގައި އެބައޮތް ކަމަށެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން މިއަދު ފެށި “ވިއަވަތި” ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ތަރައްގީކޮށް ހަމަހަމަ ފުރުސަތު ތަނަވަސްކުރުމަށް ރައީސް އެންމެ އިސްކަމެއް ދެއްވާ ސިޔާސަތު ކަމަށެވެ.

އޭނާ ވިދާޅުވީ ހެޔޮ ވެރިކަމެއްގަ ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގަ އެންމެން އެކުގައި މަޝްވަރާކުރުން ކަމަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ރައީސް ސޯލިހް ހަމައެކަނި ރިޔާސީ އިންތިހާބާއި ދިމާކޮށް ވެވަޑައިގެންނެވި ވައުދެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ވެރިކަން ކުރަން ޖެހޭނެ ކަމަށް ރައީސް އީމާންވެލައްވާ ގޮތް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގެ މިވީ ދުވަސްތަކުގައި މަރުކަޒީ ބާރުވެރިކަން ދޫކޮށް، ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމަށް ކުރެއްވި މަސައްކަތުން ހެޔޮ ނަތީޖާތަކެއް ލިބިފައިވާކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ މިއަދު އެންމެ އިސްކަން ދޭންވީ އެއްކަމަކީ ރައީސް މުޅި ރާއްޖެއަށް ދޫކުރެއްވި ލާމަރުކަޒީ ސިޔާސަތު ހިފެހެއްޓޭނެ ގޮތް ވުން ކަމަށެވެ.

އިމްރާނަށް ރައްދުވާގޮތަށް އަލީ އެގޮތަށް ޓްވީޓް ކުރުމުން އަލީގެ ޓްވީޓަށް ލައިކްދީ އަދި އެއީ ތެދެއްކަމަށްބުނެ އެތައްބަޔަކުވަނީ އަލީގެ ޓްވީޓަށް ހިތްވަރު ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close