ޚަބަރު

ރައީސް ޔާމީނު ބަންދުކުރެވިދާނެ، ތަރަށްޤީގެ ފިކުރު ނުހުއްޓުވޭނެ – ނިހާނު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލެވިދާނެކަމަށާއި ނަމަވެސް އެމަނިކުފާނުގެ ތަރައްގީގެ ފިކުރު ޖަލަށް ނުލެވޭނެކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިން ދައުވާގެ ފުރަތަމަ އަޑުއެހުމެއް މިއަދު  ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.

އެކަމާ ގުޅިގެން މިއަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ” ރައީސް ޔާމީން ބަންދުވެސް ކުރެވިދާނެ. ޖަލަށް ވެސް ލެވިދާނެ. ތަރައްގީގެ ފިކުރެއް ޖަލަކަށް ނުލެވޭނެ،” ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އަދި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދެ ދައުވާއެއް ޕްރޮސެކުއުޓާ ޖެނެރަލް އޮފީހުން ކްރިިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާ ބުދަ ދުވަހުއެވެ.

މި މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފައިވަނީ އިއްޔެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close