
ނިމިގެންދިޔަ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މުހިންމު ވަކިވަކި އެވޯޑުތައް ސްޕެއިންގެ ކުޅުންތެރިން ކާމިޔާބުކޮށް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު އެ ގައުމުން ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ މުޅި މުބާރާތުގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ސްޕެއިންގެ ކެޕްޓަން ރޮޑްރީއެވެ. 2024 ވަނަ އަހަރުގެ ބެލޮންޑިއޯވެސް ހޯދި ރޮޑްރީ މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ބޮޑު އަނިޔާއަކުން ރިކަވާވުމަށްފަހު، މިދިޔަ ސީޒަނުގެ ފަހުކޮޅު މެންޗެސްޓާ ސިޓީއަށް ކުޅެން ނުކުމެއެވެ.
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕެއިންގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރި ބާސެލޯނާގެ ސެންޓާ ބެކް ޕައު ކުބާސީއެވެ. މުޅި މުބާރާތުގައިވެސް ސްޕެއިން ކޮޅަށް ވަނީ އެންމެ ގޯލެއްކަން ފާހަގަކޮށްލެވެއެވެ.
ސްޕެއިންގެ ދިފާއީ ވަރުގަދަ ރެކޯޑާއެކު މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށް ދޭ ރަން އަންގި ހޯދާފައިވަނީ އެތުލެޓިކް ކްލަބަށް ކުޅެމުންއަންނަ އުނައި ސިމޮންއެވެ.

