މަހުލޫފް ގޭގައި މަޑުކުރަން އެންގުމުން އިންޒާރުދީ ބިރުދައްކަނީ
މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ 33 ހާސް ޑޮލަރުގެ މައްސަލަ ބަލާ ވަކިގޮތެއް ނިމެންދެން ގޭގައި މަޑުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމާގުޅިގެން މަޚުލޫފަށް އިންޒާރުދީ ބިރުދައްކާ އަދި މަލާމާތުގެ މެސެޖްތައް ކުރަމުންދަނީ ގޭންގްތަކަށް ނިސްބަތްވާ މީހުންކަމަށް މަޚްލޫފް ވިދާޅުވެއްޖެއެވެ.
ޔޫތުމިނިސްޓަރ އަޙްމަދު މަޚުލޫފް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީގައި ވިދާޅުވެފައިވަނީ “އަޅުގަންޑު ގޭގަ މަޑުކުރަން އެންގީމަ އިންޒާރުދީ،ބިރުދައްކާ އަދި މަލާމާތުގެ މެސެޖްތައް ކުރަމުންދަނީ ގޭންގް ތަކަށް ނިސްބަތްވާ ފަރާތްތައް. މިކަމުންވެސް ޔަގީން ވަނީ މި މައްސަލަ ކޮންމެހެންވެސް ހައްލުކުރަން މަޖުބޫރުކަން. އެޔީ ރައްޔިތުންގެ / ގޭންގް ތަކުގެވެސް ރަންގަޅަށް. ” މިހެންނެވެ.
ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި އެންގެވުމަށް އިހުތިރާމްކުރައްވާކަމަށާއި، އެމައްސަލަ ވަކިގޮތަކަށް ނިމެންދެން ގޭގައި ހުންނެވުމަކީ އެންމެރަގަޅު ގޮތްކަމަށްވެސް މަޚުލޫފުވަނީ ވިދާޅުވެފައެވެ. އަދި އެކަމުގައި ނުބައެއް ހިނގައިފައި ނުވާނެކަމަށާއި، ނުބައެއް ހިނގައިފިކަމަށް ސާބިތުވެއްޖެނަމަ އިސްތިއުފާ ދެއްވާނެކަމަށްވެސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވަނީ ވިދާޅުވެފައެވެ.

ތި މައްސަލަ ސާބިތުވިޔަސް ނުވިޔަސް މިހާރު ތިއޮތީ މަހުލޫފްގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދިފައި. އެހެންވީމާ މިހާރުން މިހާރަށް އިސްތިއުފާ ދިނުން ބުއްދިވެރި