ޚަބަރު

ކޮވިޑް ޖެހިގެން ދިއްދޫ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ހއ.ދިއްދޫ އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހއ.ދިއްދޫ ހޮސްޕިޓަލަށް ގެނައި 83 އަހަރުގެ އަންހެނަކު މިއަދު ހެނދުނު 08:45 ގައި ނިޔާވެފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

މީގެ އިތުރުން ރޭ މެންދަމު 01:39 ގައި ހުޅުމަލޭ މެޑިކަލް ފެސިލިޓީގައިވެސް ވަނީ ކޮވިޑް-19 ގެ ބަލިމީހަކު ނިޔާވެފައެވެ.

83 އަހަރުގެ މި ފިރިހެން މީހާއާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީޫ 94 އަށް އަރާފައެވެ.

ރޭ 11:53 ގައި ދަރުމަވަންތަ ހޮސްޕިޓަލްގައި މި ބައްޔަށް ފަރުވާ ހޯދަމުންދިޔަ 63 އަހަރުގެ އަންހެނަކުވެސް ނިޔާވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close