ޚަބަރު

ޕީޕީއެމުން މޯލްޑިވިއަނަށް 3.8 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން ޤައުމީ އެއާލައިން މޯލްޑިވިއަންއިން ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 3.8  މިލިއަން ރުފިޔާ 15 ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޕީޕީއެމުން ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ކުރި ދަތުރުތަކަށް ޖުމްލަ ހަތަރެއް ޕޮއިންޓް އަށެއް މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. ޕީޕީއެމުން އެ ފައިސާ ދައްކާފައިވަނީ އެޕާޓީން މޯލްޑިވިއަނަށް ފައިސާ ދައްކަންޖެހޭކަން މީޑިއާގައި ހާމަވުމުންނެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ޕީޕީއެމުން ވަނީ މޯލްޑިވިއަންއަށް ފައިސާ ދައްކަންޖެހޭކަމަށް އިޢުތިރާފުވެފައެވެ. އަދި އެ ފައިސާ ނުދެއްކި ވަނީ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ލިބެންޖެހޭ ފައިސާ ނުލިބި އޮތުމުންކަމަށްވެސް ޕީޕީއެމުން ބުނެއެވެ. އަދި ފައިސާ ދައްކަންޖެހޭ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ފައިސާ ދޫކުރާ ދުވަހުން ފެށިގެން ކަނޑައަޅައިދިނުމަށްވެސް ޕީޕީއެމްގެ ފަރާތުން ކޯޓްގައި އެދިފައިވެއެވެ.

ވަކި ދުވަހަކުން ފައިސާ ދެއްކުމަށް އެއްބަސްވުމުގައި ނެތުމުން އެއްބަސްވުމާއެއްގޮތަށް ފައިސާ ދެއްކުމަށް ސިވިލްކޯޓުން ވަނީ ޕީޕީއެމްގެ މައްޗަށް ހުކުމްކޮށްފައެވެ. އަދި މި ފައިސާ ފަނަރަ ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށްވެސް ސިވިލްކޯޓްގެ ހުކުމްގައި އަންގަވާފައިވެއެވެ.

ޕީޕީއެމުން މޯލްޑިވިއަންއަށް ދައްކަންޖެހޭ ހަތަރެއް ޕޮއިންޓު އަށެއް މިލިއަން ރުފިޔާ އަކީ އަސްލު ސައިޒް ދައްކަންކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕޭނުގައި މާލޭގައި ބޭއްވި ބޮޑު ޖަލްސާ އަށް މޯލްޑިވިއަންގެ ފްލައިޓްތަކުގައި މީހުންއުފުލަން ކުރި ޚަރަދެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close