ހަސަނު ތ.އަތޮޅަށް ދިއުން
ހަސަނުގެ ހަޔާތުން އެއްދުވަސް މިނަމުގައި އަޅުގަނޑު ކުރިޔައް ގެންދާ ލިޔުމުގައި މިފަހަރު ހަސަނު އެދަނީ ތ.ހިރިލަންދުވަށެވެ. ތ.ހިރިލަންދޫއަކީ ޒަމާނުންސުރެ މަސްވެރިކަމަށް ހާއްސަ ރީތިސިފަތަކެއް ލިބިފައިވާ މެހްމާނުދާރީ އަދާކުރުމުގައި ދެވަނައެއްނެތް ހިތްގައިމު ރީތި ޖަޒީރާވަންތަ ރަށެކެވެ.
ހަސަނު އައީ އާދައިގެ މަތިން މަހެއްގަންނަން މަސްމާރުކޭޓަށެވެ. ހަސަނުގެ ޒަމާންވީ ރަހްމަތްތެރިޔާ އަލަންގީރުބައި ހުރީ މަސްމާރުކޭޓު ދޮރުމަތީގައި ބޮލުގެ އިސްތަށިތައް ކޮޅައްޖަހާލައިގެން ވަރަށް ކަންތައްބޮޑުވެ ހާސްވެފައެވެ. ހަސަނު ފެނުމުން އަލަންގީރުބައިއަށް ބުނެވުނީ “ސަމުއްސާ ހުންނަނީ”މިހެންނެވެ. ހަސަނައް އަހާލެވުނީ ” ކޮންމައްސަލަ ހުންނަނީ ބައި! އަލަންގީރުބައި ބުންޏެވެ. ” ބޮޑުމައްސަލަ ހުންނަނީ! ހުރިހާގޮޅި މިހާރުގެއްލެނީ ކައުންސިލުން ދިވެހިމީހާއައް ދޭން ސިޓީ އަންނަނީ ! އެހެންވެ ހުރިހާ ގޮޅީގައި މިހާރު ތިބޭނީ ދިވެހިސޭޓުންނެވެ. މިވައްތަރު ސަކަރާތް! އެހެން މަސައްކަތެއް ފަށަންވީ!
އަލަންގީރުބައި ބުންޏޭ ހަސަނާ ބުނަންހޭ މިމަސައްކަތްނެތީމަ އެހެން މަސައްކަތް ހުންނަނީއެވެ. ” ސަމުއްސާނެއި” މާދަމާ ތ.އަތޮޅަށް ދާން ތައްޔާރުވާށެވެ. ދާނީ މަތިން ތިމަރަފުއްޓަށެވެ. އެކަމަކު މިދަނީ ހިރިލަންދުވަށެވެ. ހިރިލަންދޫގަ ބަރާބަރު މަސައްކަތް ހުންނަނީއެވެ. ތ.އަތޮޅަށް ބަރާބަރު މަސްބާނަނީ! އަލަންގީރުބައި އަތުގައި ފައިސާ ހުރީމަ ހުރިހާމަސް ގަންނަނީ! ހަސަންބައި ހާސްކަނޑާލާށެވެ.
ތ.ހިރިލަންދޫ ވާހަކަ ބުނުމުން ހަސަނުޖެހުނީ ޖަޒުބާތުގައެވެ. ހަސަނު ހިތައްއެރިއޭ އެއްކަލަ ” ގަހެކެ ގަހެކޭ އިންދަމާ، ހެއްދުމަށްދެން ފެންދެމާ ” ލަވަކީ އިނާޔާ އުޅޭނީ ތ.އަތޮޅު ހިރިލަންދޫގައިތާއެވެ. އެހެން ވެއްޖިއްޔާ މިއީ ރަނގަޅު ދަތުރަކަށް ވާނެތާއެވެ. އަލަންގީރުބައިހުރީ ހަސަނަށް ވަމުންދިޔަގޮތް ރަނގަޅައް ބަލާށެވެ. އަލަންގީރުބައި ހަސަނާ މުހާތަބުކޮށް ބުންޏެވެ. ހިރިލަންދޫ ވާހަކަ ބުނީމަ ” ކަލޭ ކޮންވައްތަރު ޖައްސަނީ!” މިހާ ހިސާބުން ހަސަނައް ހޭވެރިކަން އަތުވެއްޖެއެވެ. ހަސަނު ކައިރިއަށް އައީ ހިންޏެވެ. ބައި ” ސަމުއްސާނެއި!
ހަސަނާއި، އަލަންގީރުބައި އެތިބީ ތ.ހިރިލަންދޫ ބަނދަރު ސަރަހައްދުގައި ހުޅުވާފައިވާ” ޕުރާންޒޯ ހޮޓަލުގައި” ކަނޑަށް މޫނު ދިމަވާގޮތަށް ބަނޑަށް އެއްޗެއްލުމަށް ތައްޔާރުވެ ގުރައެއްހެން ތުންގުޅުވައި ލައިގެންނެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދަތުރު ކުރަމުންއެދަނީ އިރުއޮސްފުހޭ ދިމާލަށެވެ. ހަސަނާ މުހާތަބުކޮށް އަލަންގީރުބައި ބުންޏެވެ. ހަސަނާއެވެ. އަހަރެންބުނާގޮތައް ކަލޭ ކަންތައް ކުރައްޗެވެ. ރަށުގެ އަނެއްފަރާތުގައި މަސްހިއްކާ ސަރަހައްދުގައި ފައިސާ ނެތިގެން ނުހިންގެފައިހުރި 3 ގޮޅި އެބަހުއްޓެވެ. އެ ތިންގޮޅި އެމީހުން ބުނިވަރެއް ދީފަ އިންވެސްޓު މަންޓް އެއްކޮށް ގަންނާށެވެ. ހަސަނައް އަހާލެވުނޭ ބައި އަހަރެންގެ ނަމުގަހޭ! އަލަންގީރުބައި ބުންޏެވެ. ” ހަސަނާ ކަލޭ ކޮންވައްތަރުމީހާ” ކަލޭ ބޯ ކޮބާހެވެ! ދެން ތިޔަޖެހުނީ އަހަރެން ކުރަންމިއުޅޭ ކަންތައްތައް އަލިފުން ޔާއަށް ކަލެއައް ކިޔައިދެންތާއެވެ. އަޑު އަހަށެވެ.
ފުރަތަމަ ކަމަކީ ހަސަނުގެ ނަމުގައި މަސްހިއްކުމަށް ބޭނުންވާ ދެސަރަހައްދު ގަތުމެވެ. ދެވަނަ ކަމަކީ ހުވަފަތްވެފައި އިން ދިވެހި އަންހެނަކާއި އަހަރެން އިނުމެވެ. އޭގެ ފަހުގައި މަސްހިއްކާ އިންވެސްޓް މަންޓް އަހަރެންގެ އަންހެނުންގެ ނަމައް ހަސަނު ބަދަލު ކުރަންޖެހޭނެއެވެ. އަދި މި މަސައްކަޔް ފެށުމުން ހަސަނުގެ މުސާރައަކީ ” ފަނަރަހާސް ރުފިޔާއެވެ. ކޮބާ ހަސަނާ މިހާރު ކިހިނެއްހޭ! ހަސަނަށް ކުއްލިޔަކައް ބުނެވުނީ އަލަންގީރުބައީސޭޓް ހާދަހާ ރަނގަޅެވެ. މީހަކާއި އިނދެގެން ހިރިލަންދޫގައި ދިރިއުޅެނީހޭ! ހަސަނު މިސުވާލު ކުރުމުން އަލަންގީރުބައީސޭޓް ބުންޏެވެ. ހަސަނާ ކަޅޭ ތިޔަހުރީ ” ބޮއިހަލާކުވެފައެވެ.”! އަހަރެން ބިޒުނަސްކުރާ މީހާ މަސައްކަތް ނިމުނީމަ އަންހެން މީހާވެސް ނިމުނީއެވެ. ކަލޭ ބެންކޮކަށް ގޮއްސަ ކޮޓަރިއައްގެންނަ އަންހެން ކުއްޖާވެސް ހެނދުނުވީމަ ފޮނުވާލަނީނޫންހޭ! ސޭމް ވައްތަރު އަހަރެން ކުރަނީއެވެ. ހަސަނު ހިތައްއެރިއެވެ. މިއީ ހާދަ ނުލަފާ ބަންގާޅީއެއްތާއެވެ. މިކަލޭގެއާއި އެކު އުޅެންޏާ އާހުރަތް ކީއްކުރަންހޭ ދުނިޔެވެސް ނުލިބޭނެއެވެ.
އަލަންގީރުބައިސޭޓް ނިންމިގޮތައް ތ.ހިރިލަންދޫގައި މަސްގަނެ ހިއްކުމަށް ބަޑަހަޖަހާ ހުރިހާ ކަމެއް ހަމަޖެހިގެން ހިނގައްޖެއެވެ. ހަސަނުގެ ނަމުގައި ކައުންސިލް އިދާރާގައި މަސައްކަތް ރެޖިސްޓްރީވެފައި އޮތަސް ހަސަނަކީ އަލަންގީރުބައިސޭޓު ބުނިކަމެއް ބުނިގޮތަކައް ކުރަންޖެހޭ މީހެކެވެ.
އަލަންގީރުބައިސޭޓު ނަސީބު ދިމާކުރި ގޮތުން މަސައްކަތްފެށި ހަފުތާ ވެގެންދިޔައީ ވިއްސާރަވެ މަސްނުބާނާ ހަފުތާޔަކަށެވެ. ހަސަނައް ގޮވައިލުމައްފަހު އަލަންގީރުބައިސޭޓު ބުންޏެވެ. ހަސަނާ މަސްނުބާނާ ކޮންމެ ދުވަހަކު ރިހާކުރު ޓައްޕެއް ކައްކަން ޖެހޭނެއެވެ. ޖެހިގެން ހުރިގޮޅީގައި ރިހާކުރުކައްކާ މަސްކަށި ބޮނޑިއެއް އޮންނާނެއެވެ. އެކަށިބޮނޑި ކިޔޫތަރުތީބުން ދެންލިބޭނީ މިގޮޅިއަށެވެ. ހަސަނު ބުނާނެ އެއްޗެއްވެސް ނޭގިފައި ހަނުހުއްޓެވެ. އަލަންގީރުބައިސޭޓު ބުނަމުންދިޔަބަސް ތަކުރާރުކުރިއެވެ. ހަސަނާ އެކަށިބޮނޑި ގެނެއްސަ ” އަޖިނަމޮޓޯ” އެއްކުރުމައްފަހު ފަސްތެލީގައި ކައްކަންފަށާށެވެ. އޭރުން 18 ލީޓަރުގެ ރިހާކުރު ޓައްޕެއް ކެއްކޭނެއެވެ. އެއީ ހަތަރުހާސް ދުއިސައްތަ ރުފިޔާއެވެ. ތިންގޮޅީގެ މަތިން ބާރަހާސް ރުފިޔާ ހަމަވާނެއެވެ. މައްސަލައެއް ނެތެއް ނޫންހޭ! ދުވަހުގެ ފުރާގު ޗެލިއްޔެވެ. އަލަންގީރުބައިސޭޓް ބުންޏަސް މިގޮތައް ރިހާކުރު ކެއްކުން ހަސަނު މާ ރުހޭކަމަކައް ނުވިއެވެ.
ހަތަރުމަސްދުވަސް ފަހެވެ. އަލަންގީރުބައިސޭޓާއި، ހަސަނާއި، އަދި މަސްކައްކާ ގޮޅިތަކުގައި ގެންގުޅޭ ހުރިހާ ބަންގާޅީން ތިބީ އަތް އަނބުރާލާފައެވެ. މިރެޔަކީ އަލަންގީރުބައިސޭޓް ޒަރީނާއާއި ކައިވެނިކުރާ ރެއެވެ. ޒަރީނާ ހަތަރުކުދިންނާއި އެކު ހުވަފަތްވެފައި އިންނަތާ މިހާރު މިވީ ހަތަރު އަހަރެވެ. ކޮންމެޔަކަސް މިރެޔަކީ ޒަރީނާގެ ހަޔާތުގައި އައި ހާހަކުން އެއްރެއެވެ. ޒަރީނާގެ ހުޅުހުޅު ބޭނުން ނުކުރާތާ އެތައްޒަމާނެއް ވުމުން ހުޅުހުޅުގެ ދަބަރު ފިލުވައިލަން ލިބުނު މިފުރުސަތުގައި، އިރުއޮއްސުމާއިއެކު މަތިމައްޗައް ތިންފަހަރު ޒަރީނާ ފެންވަރަލައިފިއެވެ. ހަތަރުދަރިން ތިއްބަސް ޒަރީނާ ހިވަނީ ދެންމެ ފަލަކުން ނައްޓާލި ކުއްޅަވައް މަލެއްހެންނެވެ.
ހަސަނު އެތައްދުވަހަކު ސިއްހަތައް ބެލުމެއްނެތި މަސްކައްކަން ދުމުގެ ތެރޭގައި އުޅުމައްފަހު މެޔައްތަދުވާތީ ޑޮކްޓަރައް ދެއްކުމައްޓަކައި ތިމަރަފުށީ މަގުން މާލެ އައުމަށް ފުރައިފިއެވެ. އިއްތިފާގުން މިފަހަރުވެސް ހަސަނާ އަޅުގަނޑަށް ދިމާވީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިންނެވެ. އެތައްޒަމާނަކަށްފަހު ހަސަނާއި ދިމާވުމުން އަނެއްކާވެސް މި ހިނގާދިޔަ ދުވަސްތަކުގެ ޔައުމިއްޔާ އަލިފުން ޔާއަށް ހަސަނު އަޅުގަނޑަށް ކިޔައިދީފިއެވެ. ހަސަނައް މިދަތުރުގައިދިމާވި ކަންތައްތަކާއި، އަލަންގީރުބައިސޭޓުގެ ޑައިރީއާއި ބެހޭގޮތުން އަޅުގަނޑުގެ ވިސްނުން ހުރިގޮތް ކުރުކޮށް ލިޔެލާނަމެވެ.
ރާއްޖޭގެ ކަންކޮޅު ތަކުގައި މަސައްކަތުގައި އުޅެނިކޮށް ބޮޑު ބައްޔެއް ވެއްޖިއްޔާ ހާއްސަ ޑޮކުޓަރަށް ދެއްކުމަށް ބޭނުންވާނަމަ އަންނަން މިޖެހެނީމާލެއަށެވެ. ރާއްޖެތެރޭގެ މީހަކު ހާއްސަ ޑޮކުޓަރަކަށް ދައްކަންޖެހޭ ކޮންމެފަހަރަކު މިގޮތަށް މާލެއައުން މިއީ ޒަމާނުންސުރެ މާލޭގައި ދިރިއުޅޭ ދައުލަތުގެ ވެރިންގެ ވަރައްބޮޑު ހީލަތްތެރި ރޭވުމެކެވެ. މިކަން މިހެން ކުރުމުގެ އެއްބޭނުމަކީ ރާއްޖޭގެ ކަންކޮޅުތަކުން މާލެއަށް ބަލިވެގެން އަންނަ މީސްތަކުންނަށް ބޮޑުއަގުގައި ކޮޓަރި ވިއްކައިގެން މާލޭގެ ރައްޔިތުންނައް ފައިސާހޯދައި ދިނުމެވެ.
ދެންއޮތީ އަލަންގީރުބައިސޭޓުގެ ރިހާކުރު ޓައްޕުގެ ވާހަކައެވެ. ރިހާކުރަކީ ޒަމަނުންސުރެ ދިވެހިން ކެއުމުގައި ބޭނުންކުރާ އެއްބާވަތެވެ. ބަންގާޅީން ރިހާކުރު ކައްކާ ވާހަކަޔަކީ އާވާހަކައެއް ނޫނެވެ. އެކަމަކު މަސްނުބާނާ ދުވަސްވަރު ރިހާކުރުކައްކާ ބަންގާޅިން ގެންގުލޭ ކަށިބޮނޑި އާއި އަޖިނަމޮޓޯގެ ވާހަކައަކީ ފަހަރުގައި ތިޔަބޭފުޅުންނަށް އާވާހަކަޔަކައް ވެދާނެއެވެ. އެކަމަކު މިއީ ހަގީގީ ތެދެކެވެ. ރިހާކުރު ކައްކާ ބޮނޑިގަނޑުގެ ވާހަކަޔަކީ އާދައިގެ ވާހަކައެއް ނޫނެވެ. އަދި މިގޮތަށް ރިހާކުރު ކައްކައިގެން ނިމެނީކީއެއް ނޫނެވެ. މިގޮތައް ކައްކާ ރިހާކުރުތައް މާލޭ ލޯކަލް މާރުކޭޓުގެ ތެރެއިން ފެންނަނީ ފާރުގަލާ ކުލައަޅާ ޕޮލާސްޓިކު ޓައްޕު،ޓައްޕައް އަޅާފައި ހުއްޓައެވެ. ހަތަރުހާސް ރުފިޔާއައް ވިއްކަނީ މި ރިހާކުރު ކަމުގައި ލިޔުމުގެ ފުރުސަތު އެބައޮތެވެ. ކުލަހުސްކުރާ ފާޓާތަކަށް ރިހާކުރު އަޅަނީ ދޮވެސާފުކޮއްފައޭ ލިޔެވޭކަށް ނެތެވެ. މާރުކޭޓު ތެރެއިން ފެންނަ ރިހާކުރުއަޅާ ފާޓާތަކުގެ ބޭރުގައި ކުލަތައް ހިކިފައި އެބަހުއްޓެވެ.
ފާހަގަ ކުރަންޖެހޭ އެއްކަމަކީ ދިވެހިރާއްޖޭގެ ރައްޔިތުން ކެއުމައް ބޭނުންކުރަން އުފައްދާ ކާބޯތަކެތި ސަރުކާރުން ރެގިއުލޭޓް ކުރުމައް އޮފީހެއް ހުއްޓަސް އާންމު ފަރުދުން އުފައްދާ ކާބޯތަކެތި ބެލޭނެ ނިޒާމެއް ސަރުކާރުން ހަމަޖައްސާ ފައެއް ނެތެވެ. ހަމަ އެކަނި ފުޑް އެންޑް ޑްރަގު އޮތޯރިޓީން މިފަދަ ކަންކަމުގައި ބަލާމިންގަޑަކީ އާންމުން އުފައްދާ ތަކެތީގައި ލިޔުން ޖަހަން އެންގުމެވެ. ތެލުލީ ފަތްޕަކެޓުގައި 5 އަހަރު ނުބައިނުވެ ހުންނާނެ ކަމައް ލިޔުނަސް ނުވަތަ ތަތްކުރިޔަސް މައްސަލައެއްނެތެވެ. އަދި ބާޒާރުގައި ވިއްކާ ބޭރުންގެންނަ މުދަލުގައި އޫރުމަސް ހުއްޓަސް މިދެންނެވި ޑްރަގު އޮތޯރިޓީއަށް އެނގޭ ކަމަކަށް ނުވެއެވެ. ލިޔަންޖެހެނީ މިފަދަ ދަށުދަރަޖައިގެ އަމަލުތައް ބަންގާޅިން މެދުވެރިކޮށް ދިވެހިން ކުރަމުންދާއިރު ސަރުކާރުގެ ކަމާއިބެހޭ އިދާރާގެ މުއައްޒިފުންވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަނަގާ، ބަންގާޅީންނަށާއި،ގަވައިދާ ހިލާފަށް މަސައްކަތްކުރާ ދިވެހިންނަށް ފުރުސަތު ތަނަވަސްކޮއްދީ ގަދަނިދިން ނިދާފައެވެ. ދިވެހިރާއްޖެއަކީ ނިސްބަތުން ކެންސަރުބައްޔާއި، ހަރުކުބައްޔާއި،ލޭމައްޗައްދިއުން އަދި ކިޑުނީގެ ބަލިތައްގިނަ ގައުމެކެވެ. މިކަމުގެ އަސްލު ދެނެގަންނަން މިވަގުތު ސަރުކާރުވަނީ ނުކުޅެދިފައެވެ. މިފަދަ ނާތަހުޒީބީ އަމަލުތަކުގެ ފަހަތުގައި މިދެންނެވި ފަދަ ބަލިތަކާއި ގުޅުން ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
( ނޯޓް: މިލިޔުމުގައި ވަކިރަށެއްގެ ނަން މިލިޔުނީ ހައެކަނި ހިރިލަންދޫގައި މަސްކައްކާ ފަރާތްތަކުގެ ވާހަކަ ލިޔުމުގެ ބޭނުމަކު ނޫނެވެ. ބަންގާޅީންލައްވާ މަސްކައްކާ ގިނަ ރައްރަށުގައި މިފަދަ ގޮތެއް،ފޮތެއްނެތް ނާތަހުޒީބީ ކަންތައްތައް ކުރަމުންދާކަމުގެ ސައްހަ މައުލޫމާތު ހުރީތީއެވެ. އަދި ހަމަ އެހެންމެ މިލިޔުމުގެ އަސްލު ނުގެއްލޭ ވަރައް ފޮނިތޮށި ކާފޫރުތޮޅި ހިމެނޭ ވާހަކަވެސް ބުނަމެވެ.)