ސިޔާމް-މައުރޫފު ސޮކާ ކަޕް: ހަމަނުޖެހުން ހިންގި މެޗަށް އަދިވެސް ގޮތެއް ނުނިމެ
ނ.ކެނދިކުޅުދޫގައި ކުރިއަށްދާ ސިޔާމް-މައުރޫފު ސޮކާ ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިއްޔެ ކުޑަފަރި އާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗުގައި ބައެއްކުޅުންތެރިން ރެފްރީއަށް ހަމަލާދީ ހިންގި ބޮޑު ހަމަނުޖެހުމާއި ގުޅިގެން މެޗުގެ ކުޅުން ކުރިއަށްނުގެންދެވި މެދުކަނޑާލައިފައިވާއިރު އެމެޗާއި މެދު އަދިވެސް ގޮތެއްނިމިފައި ނުވާކަމަށް ކެނދިކުޅުދޫޓީމްގެ އިސްއޮފިޝަލަކު ބުނެފިއެވެ.
ކެނދިކުޅުދޫން ނާރެސްމީޑިއާއި ވާހަކަ ދެއްކި އޮފިޝަލް ބުނީ އިއްޔެގެ މެޗްގެ ކުޅުން ހުއްޓާލިއިރު 2-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ކެނދިކުޅުދޫ ކަމަށާއި، އޭރު މެޗްގެ ވަގުތު ހަމަނުވެ އިނީ ގާތްގަޑަކަށް 4 ވަރަކަށް މިނިޓްކަމަށެވެ.
އޭނާ ބުނީ އިއްޔެގެ މެޗު ހޫނުވީ މެޗު ނިމެން ގާތް ވެފައިވަނިކޮށް ކުޑަފަރީގެ ކުޅުންތެރިއަކަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ރެފްރީ ދެއްކުމުން، ކުޑަފަރީގެ ދެ ކުޅުންތެރިއަކު ރެފްރީ ގައިގައި ޖެހި ހިސާބުންކަމަށެވެ. އެއާ އެކު ކުޑަފަރީޓީމްގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި އެ ޓީމުގެ ސަޕޯޓަރުންވެސް ދަނޑަށް އަރާ ހަމަނުޖެހުން ހިންގި ކަމަށް އެ އޮފިޝަލް މައުލޫމާތު ދިނެވެ. އަދި އޭގެ ފަހުން ކެނދިކުޅުދޫޓީމްގެ ކުޅުންތެރިންވެސް އަދި ސަޕޯޓަރުންވެސް ހަމަނުޖެހުމުގެ ތެރެއަށް ވަނުމުގެ ސަބަބުން އިތުރަށް މަޝްރަޙް ގޯސްވެގެން ދިޔަކަމަށްވެސް އޭނަ މަޢުލޫމާތުދިނެވެ.
އެއާއެކު މުބާރާތުގެ ސެކިއުރިޓީ ބަލަހައްޓަމުން އައި ފުލުހުންގެ ބޭފުޅުން ހަމަނުޖެހުން މައިތިރި ކުރުމަށް މަސައްކަތް ކުރި ކަމަށާއި، ފުލުހުންގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ކެނދިކުޅުދޫގެ ސަޕޯޓަރުންނާއި، ކުޅުންތެރިން އެވަގުތު ދަނޑުން ފޭބިކަމަށާއި، ނަމަވެސް އިއްޔެ އިރުއޮއްސުނުއިރުވެސް ކުޑަފަރީ ސަޕޯޓަރުން ދަނޑުން ނުފައިބާތީ މެޗްގެ ކުޅުން މެދުކަނޑާލަން ޖެހުނީކަމަށްވެސް އޭނާ ބުންޏެވެ.
އިއްޔެގެ މެޗުގައި ރެފްރީކަންކުރީ ލާއޮސްގެ ރެފްރީންނެވެ. މި މުބާރާތުގައި މިނޫނަސް ހަމަޖެހުން ހިނގައެވެ. ނަމަވެސް މިއީ މުބާރާތުގެ ތާރީޚުގައި ވެސް ހަމަނުޖެހުމެއް ހިނގައިގެން މެޗެއް މެދުކަނޑާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
ސިޔާމް-މައުރޫފު ސޮކާ ކަޕަކީ ރާއްޖެތެރޭގެ ރަށެއްގައި ބާއްވާ އެންމެ އިންތިޒާމު ރަނގަޅު އަދި އެންމެ އަގުބޮޑު އެއް މުބާރާތަށް ވެފައި، އިއްޔެ ދެޓީމުގެ ކުޅުންތެރިންނާއި، ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ކުޅިވަރުގެ ރޫހާ ޚިލާފު އަމަލުތަކަކީ ފުޓްބޯޅައަށް ލޯބިކުރާ ބައެއްގެ ފަރާތުން ފެނިގެންވާނެ ޢަމަލުތަކެއް ނޫނެވެ. އަދި މި ފަދަ ޢަމަލުތަކުގެ ސަބަބުން މި ފަދަ އަގުބޮޑެތި މުބާރާތްތައް މުސްތަޤުބަލުގައި ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވާނެކަން ކަށަވަރެވެ.
އިއްޔެގެ މެޗް ކުޅުން ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފައިވާއިރު،މެޗުގައި ހަމަނުޖެހުން ހިންގި ކުޅުންތެރިންނަށް ފިޔަވަޅު އަޅާނެ ކަމަށާއި، މެޗާ މެދުގޮތެއް ނިންމާނީ މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓިން ކަމަށް އިއްޔެވަނީ ދެޓީމަށްވެސް އަންގާފައެވެ. ނަމަވެސް ރޭ 12ޖެހުމާއި ހަމައަށްވެސް އެއްވެސް ގޮތެއް ނިންމިކަން މުބާރާތް އިންތިޒާމްކުރާފަރާތުން ، ޓީމްތަކަށް އަންގާފައެއް ނުވެއެވެ.
ސިޔާމް-މައުރޫފު ސޮކާ ކަޕްގައި މިއަހަރުގެ ޗެމްޕިއަން ޓީމަށް 6 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް އެއްލައްކަ ރުފިޔާ ވަނީ ހުށަހަޅާފަ އެވެ. އަދި އެންމެ ރަގަޅަށް ސަޕޯޓްކުރާ ރަށަކަށް ދިހަހާސްރުފިޔާވެސް ދިނުމަށްވަނީ ނިންމާފައެވެ.



Siyaam mauroof soccur cup ge furathama aharu n.mandhoo meehun hama nujehun hingumuge sababunves match medhukandaalaa kuri ah nugendhevun ..dhogu mauloomaathu nufethurumah govaalan ..iyyege match goas vegen dhiya sababah balaairu ,kudafareege saafu goal eh balai nugathumaa ,kameh nuve reendhoo card akaa eku red card eh dhehkun himeney ..match inthizaamee comity ga mashaikai kuramun dhiya kk beyfulhaku Kudafari kulhuntheri akah hamalaadhinun vegen dhiyaee hama nujehun ithurah goas vegen dhiya kamaka
Kulhivarakee vaadhaveri ehchchekeve’.Adhives kulhivaru balaahihvvaneeves vaadhaverikamaaeku kulheythan fenuneema eve. Ehenehkkamaku, ekaku anekehhgge gayah bolah araa hisaabah dhiumakee vaadhaverikamuge hudoodun beyruve, jinaaee kushehgge thereah vadhegathumeve. Dheken beynunvaaves, balaahivvaaves manzareh nooneve. Emme furathama kuranveekamakee lhugandumen emmenves fisaari kamaavegen dhuroosul akhlaaqge filaavalhuthakeh naganvee eve. Ehengyaa fahe mee eh atholhehgge, eh qaumehgge eh leyeh hingaa baeh viyyaa ey.