
ކޮލަމްބިއާއިން ގާނާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައި، އެމެރިކާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުން އެންމެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސަންޓިއާގޯ އަރިއާސް ކާމިޔާބުކުރި ލަނޑާއެކު ކޮލަމްބިއާ މޮޅުވިއިރު، މުޅި މެޗުގައިވެސް ގާނާއަށް ކޮލަމްބިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މިއީ 2022 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިނުވެ ދިޔަ ކޮލަމްބިއާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ކޮލަމްބިއާ ކުރިއަށްދާއިރު، މިއީ 48 ގައުމުގެ މެދުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ނޮކައުޓް ބުރު ނިންމައިލުމަށް ކުޅުނު އެންމެ ފަހު މެޗެވެ.
ގަދަ 16 ބުރުގެ މެޗުތައް މިހާރު ވަނީ ތަރުތީބުވެފައެވެ. ގަދަ 16 ބުރުގެ މެޗުތައް:
މޮރޮކޯ – ކެނަޑާ
ޕެރަގުއޭ – ފްރާންސް
ބްރެޒިލް – ނޯވޭ
މެކްސިކޯ – އިންގްލެންޑް
ޕޯޗުގަލް – ސްޕެއިން
ޔުނައިޓެޑް ސްޓޭޓްސް – ބެލްޖިއަމް
އާޖެންޓީނާ – މިސްރު
ސްވިޒަލެންޑް – ކޮލަމްބިއާ




