ޚަބަރުކުޅިވަރު

ޖަރުމަނުގައި ކޭންގެ ވިދުންގަދަ، ކޭންގެ ހެޓްރިކާއެކު ޖަރުމަން ކަޕްގެ ޗެމްޕިއަންކަން ބަޔާންއަށް

ބާލިންގެ އޮލިމްޕިއާ ސްޓޭޑިއަމްގައި ކުޅުނު ޖަރުމަން ކަޕްގެ ފައިނަލް މެޗުގައި ސްޓަޓްގާޓް 0-3 އިން ބަލިކޮށް، ބަޔާން މިއުނިކުން މުބާރާތުގެ ތަށި އުފުލާލައިފިއެވެ. މި ކާމިޔާބީއާއެކު ބަޔާންއިން ވަނީ މި ސީޒަނުގެ ޖަރުމަން ލީގު ތަށީގެ އިތުރުން ކަޕް ކާމިޔާބުކޮށް، ޑޮމެސްޓިކް ޑަބަލްއެއް ފުރިހަމަކޮށްފައެވެ.

މި މެޗުގައި ބަޔާންގެ ތިން ލަނޑުވެސް ކާމިޔާބުކޮށްދީ ހެޓްރިކް ހެދީ އިނގިރޭސި ފޯވާޑް ހެރީ ކޭންއެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގެ 55 ވަނަ މިނެޓާއި 80 ވަނަ މިނެޓުގައި ކޭން ވަނީ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ވަނީ ޖެހިޖެހިގެން ދެވަނަ ހެޓްރިކެއް ފުރިހަމަކޮށްފައެވެ.

މިއީ ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ބަޔާންއިން ހޯދި 21 ވަނަ ޖަރުމަން ކަޕް ތައްޓެވެ. 2020 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ބަޔާންއިން މި ތަށި ކާމިޔާބުކުރިއިރު، ސެބަސްޓިއަން ހޮއެނެސްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދެއްކި ސްޓަޓްގާޓަށް ފައިނަލްގައި ޖެހުނީ ބަޔާންގެ ބާރުވެރިކަމުގެ ކުރިމަތީގައި ނާކާމިޔާބީއާ ކުރިމަތިލާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close