ދިވެހިންގެ ތެރޭގައި ނަންހިނގާ ޣަދަރުވެރި އެތައްބައެއްގެ އަބުރު ވެއްޔާމޮޑެލި ޢަލަމްގިރިއަށް ހައްޤު އަދަބު ދޭންޖެހޭ: ޑރ.އިޔާޒު
ދިވެހިންގެ ތެރޭގައި ނަންހިނގާ ޣަދަރުވެރި އެތައްބައެއްގެ އަބުރު ވެއްޔާމޮޑެލި ޢަލަމްގިރިއަށް ހައްޤު އަދަބު ދޭންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ އެތައް ބަޔަކާއިއެކު އެއްޖިއްސުން ގުޅުންހިންގައި، އޭނާ ގުޅުންހިންގި މީހުންގެ ފޮޓޯއާއި، ވީޑިއޯ އާންމުކޮށް ހިންގާފައިވާ ދަށު ދަރަޖައިގެ ޢަމަލާއި ގުޅިގެންނެވެ. އޭނާ މިކަމަށް މަޢާފަށް އެދުނު ކަމުގައި ވީނަމަވެސް މުޅި މުޖުތަމައަށް މިހާ ހަޑިމުޑުދާރު ޢަމަލުތަކެއް ދޫކޮށް، ފާހިޝް މިޢަމަލު ހިންގުމަކީ ބަލައި ގަނަވެނެ ކަމެއް ނޫންކަމށް ޝައިޚު ވިދާޅުވިއެވެ.
އަދި މިކަމުގައި އެނާއަށް ދުނިޔެވީ ގޮތުން ލިބެންޖެހޭ ހައްގު އަދަބު ލިބެންޖެހޭކަމަށާއި، މިކަމުގައި އޭނާއާއިއެކު މިނުބައި ޢަމަލުތަކުގައި ޝާމިލުވި މީހުންނަށްވެސް ދޭންޖެހޭ ހައްގު އަދަބު ދޭންޖެހޭކަމަށް ޝައިޚު އިޔާޒު ވިދާޅުވިއެވެ.
މުޖްތަމަޢުގެ އަޚްލާޤީ ފޭރާން ވީދިގެންދާންދާފަދަ ހަޑިމުޑުދާރު ޢަމަލުތަކެއް ހިންގާ، އެކަން ފަތުރާފައިވާތީ ދުނިޔަވީ ގޮތުން ލިބެންވާ އަދަބު މީނާއަށާއި މީނާގެ ބައިވެރިންނަށް ދޭންޖެހޭ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
އަލަމްގިރި ވަނީ އޭނާއަށް ކުރެވުނު ކުށަށް ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދި ވީޑިއޯއެއް އާއްމުކޮށްފައެވެ. ވީޑިއޯގައި އޭނާ ބުނަނީ އޭނާ އަކީ ވަރަށް ފަގީރު މީހެއްކަމަށާއި ހެވާއި ނުބައި ނޭނގޭކަމަށެވެ. ނަމަވެސް އޭނާ މިހާރު ތައުބާ ވެފައިވާކަމަށާއި ދިވެހިންގެ އޭނާ އަށް މާފުކޮށްދިނުމަށް އެދޭކަމަށެވެ. “އަހަރެން ތައުބާ ވެއްޖައިން. މި ރާއްޖޭ ހުރިހާ މީހުން އަހަރެން މާފު ކޮށްދީބަލަ” އޭނާ ބުންޏެވެ.
މިދިޔަ ހުކުރު ދުވަހުން ފަށައިގެން މީސްމީޑިއާގައި މިވަނީ އިއްޒަތްތެރި ބައެއް ބޭބޭފުޅުން، ބަދުއަޚުލާޤީ ޢަމަލުހިންގާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ އާއްމުކުރަން ފަށާފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހަށް އިރު އެރީ ބިދޭސީ ފިރިހެނަކާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ޤާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހަކު، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނިކޮށެވެ.
އޭގެފަހުން ވެސް މީހުން ދަންނަ ބައެއް މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ އާއި އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ ބަރަހަނާ ފޮޓޯއެއް ލީކްވެފައި ވެއެވެ. ނަމަވެސް މިހުރިހާ ވީޑިއޯތަކާއި އަލަމްގިރި އާއި ގުޅުމެއް އޮތްކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.
އަލަމްގިރި އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯކުރި 43 މީހަކު ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެއެވެ. އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުން ބްލެކްމެއިލް ކުރާ މައްސަލަ މިދިޔަ މާޗް މަހުން ފެށިގެން ފުލުހުން އަންނަނީ ތަހްގީގު ކުރަމުންނެވެ.
ފުލުހުން ބުނީ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފަށައިގެން ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން އަންނަކަން އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ކުރާ ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.


ގޯސްމިވީ އަލަމްގިރި ދޯ އިޔާޒޫ…
Thibunaa gadharuveri meehun Alamgiri emeehunge boluga badi jesseemathoo, emeehunge amilla ihuthiyaaruga Goss haavaane hadieh heyveema konchekey thi kiyanee, dr.moyaveethal
މިފަހެ ބުރާންޗެއްތަ ޢަލަންގީރުގެ ޢެކަ ީކަމެއްތަ ބަިވެރިން ނަށްވާންގޮތެއް ތިޔަ ކަލޭގެ ބުނެބަލަ
ގަދަރުވެރީވަނީމުދަލާފާސާއޮތީމާތޯއިޔާޒައްހިވަނިތޯއިގިފާވާގޮތުގާއެއްމެގަދަރުވެރިއަކީ އެއްމެޘަގުވާވެރިމީހާ
Anayahkohbaarehtho emeehunandehkeenee Aadaagevazeefaaehga uleemeeheh Ana ah ehenmeehunthavasvaasdeene emeehaekanu.kushugabahdah uleekannuvaanetha ehenmeehun difaaukon kanthaj gadeh higaaeba
ސާބަސް ކަލެއަށް އިޔާޒު ދިވެހިންގެއަބުރު އަލަންގިރި ވެއްޔާމޮޑެލީ ތިބުނާގަދަރުވެރިން މިސްކިތުގަ އައުތިކާފަށްތިއްބާތަ ނުވައަލަންގިރިއަށްމަހަށްދިޔައީމަތަ ތިލިވާތުކުރިއެއްމެންވެސް ރަޖަމް ކުރަންވީ އެހެންނޫނީތިކަމެއްދެންހުއްޓުވޭނެެންހީނުވޭ އެއްޖިންސުންގުޅުންހިންގުން ރާއްޖޭގައިހުއްދަކުރަން ބަޔަކު މީހުން އެބަމަސަތްކުރޭ މީފުރަމަފަހަރެއްވެސްނޫން މާގިރިހޮޓަލުގާވެސް ތިޔަމުޑުދާރު ލިވާތުކުޅިކުނުކަމަށް އިންތިހާއަށް އަޑުފެތުރުނު
ތިފޮތްއުފުލާހިމާރެއް
ޣަދަރުވެރިންކަމަށްވާނަމަ އެ ވީ ހަމަ ވާންވީގޮތް. ޤަދަރާއި ޣަދަރު ނޭނގުމަކީ ވެސް މައްސަލައެއް.
ޖާނުބޮޑު ޝޭޚު އެއްއަތަށް އަރިވެފަ. ޝޭޚު ވެސް ތައުބާވެ މާތް , الله މަގުގައި ޙައްގުބަސް ބުނަންވެއްޖެ މިކަހަލަ ޝޭޚުންގެ ސަބަބުން ދިވެހި އުންމަތް މި ހަލާކުވަނީ. މިލިއަނަރުން މިޝޭޚަށް ރަނގަޅު ނިކަމެތި ބަންގާޅީ ގޯސްވި.
ޝައިޚު އަށް ކެވޭނެ މަގު އެއީ ޙައްގު. މިކަލަ މީހުން ސަދޫމުގަވެސް އުޅުނީ. އަލަންގިރި ގަދަރު ވެރިން ގެ އިއްފަތް ފޭރިގަނެ ލިވާތު ކުރީ. މި ޝޭޚުގެ ނިންމުން.
nubAkanthah foruvan uleemeehunan uhuraveehayaathugaavaaneekihinehba
Gadharu verin livaathu kuraanetha Gadharuverin Dhogu hadhaaneth Gadharuverin Vakkan kiraanethas
Mee alhey budhdhi salaamathun huri beygaraareh thoa, ehenna thi alamgirieh gadharuvereenge geygeah gosgenthoa thifaahish amaluthah kuree, noonee thi vidhaalhuvaa gadharu vereenthoa thi Giriakah araa beehunee? hithah araa Iyaazumen mee Hama sheykhun baaey ves.