ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހެއް ކަމަށާއި، އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށްވާއިރު، މިއީ ކުޑަކުއްޖަކަށް ކުރި އަނިޔާއަކަށް ވާތީ މި މައްސަލަ ތަހުގީގު ކުރަމުންދަނީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އަމަލުކުރާ ހާއްސަ އުސޫލުތަކުގެ ދަށުން، ފުލުހުންނާއި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތައް ގުޅިގެން މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close