ޚަބަރު

އާއިލާގެ ވީޑިއޯ ނެގި މައްސަލާގައި އިޙްސާން، އަކްރަމާއި ވަހީދަށް ތުހުމަތުކޮށްފި

ހޯމް މިނިސްޓަރު ޢަލީ އިޙްސާންގެ އަނބިކަނބަލުންނާއި 10 އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކުރި ކަމުގެ ތުހުމަތު، ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދުގެ މައްޗަށް މިނިސްޓަރު ކުރައްވައިފިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިއްޔެ ހަވީރު ހިނގި މި ހާދިސާގެ ވީޑިއޯ ފަހުން ވަނީ ސޯޝަލް މީޑިއާގެ ކާކުކަން ނޭނގޭ އެކައުންޓަކުން އާންމުކޮށްފައެވެ.

މިނިސްޓަރު އިޙްސާން އާންމުކުރެއްވި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އަކްރަމާއި ވަހީދު މަގުމަތީގައި ވާހަކަދައްކަން ތިބުމަށްފަހު، ފޯނުން ވީޑިއޯއެއް ނަގައެވެ. އާންމުވި ވީޑިއޯގައި ފާޑުކިޔާފައިވަނީ މިނިސްޓަރުގެ އާއިލާ ބޮޑީގާޑުންނާއެކު ބޭރުގައި އުޅޭ މައްސަލައަށެވެ. މިނިސްޓަރު ވަނީ މިއީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ބަޔަކު ހިންގި ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ހާދިސާއާ ގުޅިގެން އިޙްސާން ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް މިފަދަ ކަންކަން ކުރާ ޕާޓީއެއް ކަމަށެވެ. ސީސީޓީވީ ފުޓޭޖުން އެ ބޭފުޅުން ވީޑިއޯ ކުރާ މަންޒަރު ފެނުނު ނަމަވެސް، އެ ފޯނު އަމާޒުކޮށްފައިވަނީ ސީދާ ކޮން ދިމާލަކަށް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އާއިލާގެ ވީޑިއޯ އާންމުވުމާއެކު މިނިސްޓަރު ވަނީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close