ޚަބަރު

ފާއިތުވި 24 ގަޑިއިރުތެރޭ އިންޑިޔާއިން އިތުރު 478 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަވަށްޓެރި އިންޑިޔާގައި ކޮރޯނާވައިރަސް ހަލުވި ކަމާއެކު ފެތުރެމުންދާކަމަށާއި އެޤައުމުގެ އެކިސަރަޙައްދުތަކުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު 478 މީހަކަށް ވައިރަސް ޖެހިފައިވާކަމަށް އިންޑިޔާގެ ހެލްތް މިނިސްޓްރީން ރިޕޯޓްކޮށްފިއެވެ.

އިންޑިޔާގެ އޮންލައިން ނޫހެއްކަމުގައިވާ “ފަސްޓްޕޯސްޓް” ގައި ބުނެފައިވާގޮތުން އިތުރު 478 މީހަކަށް ވައިރަސް ޖެހިފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 12 މީހަކުވަނީ އެބަލީގައި މަރުވެފައެވެ.

މިހާތަނަށް އެޤައުމުގައި ކޮވިޑްޖެހިފައިވާ މީހުންގެ ތަފާސްހިސާބަށް ބަލާއިރު 2547 މީހަކުވަނީ ވައިރަސްއަށް ޕޮޒިޓިވްވެ 163 މީހަކު އެބަލިން މުޅިން ފަސޭހަވެފައެވެ. އަދި މީހާތަނަށް 62 މީހަކު އިންޑިޔާއިން ކޮވިޑަށް ޕޮޒިޓިވްވެ މަރުވެފައިވާއިރު މިހާރު އިންޑިޔާގައި ކޮވިޑްގެ އެކްޓިވް ކޭސް ގޮތުގައި ރެޖިސްޓަރ ވެފައިވަނީ 2322 މީހުންނެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިންޑިޔާގައި އިޢުލާންކޮށްފައިވާ 21 ދުވަހުގެ ފުރަބަންދުގެ ހަރުކަށި އުޞޫލުތައް ފިޔަވަހިތަކަކަށް ބަހާލައިގެން ނިމުމަކަށް ގެންނަވާނެކަމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close