ޚަބަރު

ކުރީ ސަރުކާރާއި އަޅާބަލާއިރު މިސަރުކާރު ހާސްތަނުން ރަނގަޅު: މޯޑު


ކުރީ ސަރުކާރާއި އަޅާބަލާއިރު މިސަރުކާރު ހާސްތަނުން ރަނގަޅުކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ބަހުސް ކުރެވުނު ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބިލަށް ބަހުސް ކުރައްވަމުން މޯޑު ވިދާޅުވީ، މިސަރުކާރު އެމްޑީޕީން ވެރިކަމަށް އައީ ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ހުށަހަޅައިގެން ކަމަށެވެ. ނަމަވެސް މިއަދު ވަރަށް ކުދި ކުދި ކަންކަންވެސް ނުވެ އެކަމުގެ ޝަކުވާ އިންތިހާއަށް އޮތްކަމަށެވެ. އޭނާ ވިދާޅުވީ މިކަންކަން ނުވެ ދަނީ އެމްޑީޕީގެ ސިފަތައް ނެތް އެމްޑީޕީގެ ވަޒީރަކު ކެބިނެޓްގައި މަސައްކަތް ކުރައްވާތީކަމަށެވެ.

އޭނާގެ ވާހަތަކާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ނިޒާމީ ނުކުތާ ނަންގަވައި، އެއީ ކޮން ވަޒީރެއްކަން އެނގޭނެ ގޮތަކަށް ވާހަކަ ދެއްކުން ރަނގަޅު ވާނެކަމަށް ވިދާޅުވެފައެވެ. މިވާހަތަކާއި ގުޅިގެން މެމްބަރު މޯޑު ވިދާޅުވީ މިސަރުކާރުން ވަރަށް ގިނަ ކަންކަން ރަނގަޅަށްވެސް ކޮށްފައިވާކަމަށެވެ. ނަމަވެސް އެންމެ ބޭނުންވާ ގޮތަށް ކަންކަން ނުވާކަމަށް މޯޑު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުމެން މިދައްކަނީ އަޅުގަނޑުމެން އުންމީދުކުރިވަރު ނުވެއޭ. ހުރިހާ ކަމެއް ގޯހުން ގޯހަށް ދަނީއެކޭނޫން. ކުރީ ސަރުކާރާއި އަޅާބަލާއިރު މިސަރުކާރު ހާސްތަނުން ރަނގަޅު. އެކަމުގެ ހެޔޮ އަސަރު ރައްޔިތުންނަށް ކުރޭ. ކޯވިޑްގެ ހާލަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމިއޮތީވެސް މިސަރުކާރުން އެފަރާތްކަށް ދިން އެހީތަކުގެ ސަބަބުން. އެއީ ހަގީގަތެއް. އެހެންނަމަވެސް އަޅުގަނޑު މިއަދު މިދަންނަވަނީ އަޅުގަނޑުމެން ބޭނުންވާ ވަރެއް އަދިވެސް ނުވެއޭ. ކުދި ކަންކަން އެބަހުއްޓޭ މިކަންކަން އިސްލާހު ކުރައްވާށޭ. އަޅުގަނޑުމެން އައީ އެވާހަކަ ދައްކައިގެންނެވޭ. އެކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެއޭ.

– މޯޑު ވިދާޅުވިއެވެ.

ވަކި ވަޒީރެއްގެ ނަން މޯޑް ވިދާޅުނުވި ނަމަވެސް ނަމަވެސް އޭނާ އިޝާރާތްކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ކަމަށް ބެލެވެއެވެ. އެއީ ބިދޭސީން ލިބުމުގައި ވަކިން ހާއްސަކޮށް ބަންގްލަދޭޝް މަސައްކަތްތެރިން ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ އޭނާ ދެއްކެވިއެވެ. ބިދޭސީންގެ މައްސަލައާއި ޒިންމާވާންޖެހޭ ވަޒީރަކީ އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން ފައްޔާޒެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ އިންތިއާއި، ފައްޔާޒަށް ތާއީދުކުރާ މެމްބަރުންގެ ވަރަށް ރަނގަޅަށް ބަހުސްއިންވެސް ވަނީ ފާހަގަވެފައެވެ. މިނިސްޓަރ ފައްޔާޒަށް ތާއީދު ކުރާ މެމްބަރުން ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން މިހާތަނަށް މަސައްކަތް ކޮށްފައިވަނީ ވަރަށް ޒިންމާދާރު ކަމާއިއެކުގައިކަމަށެވެ.

އެއް ކޮމެންޓް

  1. ތާކުން ތާކުން ނުޖެހޭ ވާހަކަ ދައްކާ ބައެއް. ލޮލުމައްޗަށް ޙަޤީޤަތް ފެންނަން އޮންނައިރުވެސް ޙަޤީޤަތް ނުކުރެވޭ ބައެއް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close