ޚަބަރު

ޖަލުގައި ނިޔާވި ދެ ގައިދީންގެ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މި މަހުގެ ކުރީކޮޅު ނިޔާވި ދެ ގައިދީއެއްގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި، އެ މީހުންގެ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް އިއްޔެ އިންޑިއާއަށް ފޮނުވައިފިއެވެ.

ނިޔާވި ދެ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއްގައި ހުރި ސ. ހިތަދޫ، ހަސަން ނިޔާޒް އާއި، ނިއުމޯނިއާ ޖެހިގެން ފަރުވާދެމުންދަނިކޮށް ނިޔާވި އިބްރާހީމް ސުހައިލްއެވެ.

ކަރެކްޝަނުން ބުނިގޮތުގައި ނިޔާވި މީހުންގެ ތެރެއިން ހަސަން ނިޔާޒް ނިޔާވީ ޖަލަށްލިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދިމާވި ސިއްހީ ކުއްލި ހާލަތަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަނަށް އަނިޔާވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ފެތުރުނު ނަމަވެސް، ކަރެކްޝަނަލް ސާވިސްއިން ވަނީ ޖަލުގައި ގައިދީންނަށް އަނިޔާ ނުކުރާނެ ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ކަރެކްޝަންސް އިން ބުނިގޮތުގައި ގައިދީއަކު މަރުވުމުން އަމަލުކުރާ އުސޫލުގެ ދަށުން، މި މައްސަލަތައް ފުލުހުންނާއި، އެޗްއާރުސީއެމް އަދި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކަށް ވަނީ އަންގާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close