ފެނަކަ ލަންދޫ ބްރާންޗްގެ މުއައްސަސާ ކަޕް ފަށައިފި
ފެނަކަ ލަންދޫ ބްރާންޗުން އިންތިޒާމްކޮށްގެން ނ.ލަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްސެލް މުބާރާތް “ފެނަކަ ލަންދޫ ބްރާންޗް މުއައްސަސާ ކަޕް 2022” ރޭ ފަށައިފިއެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ފެށިގެންމިދިޔަ މުބާރާތުގެ ހުރިހާ ޚަރަދަކާއި، އިންތިޒާމްތަކެއް ފެނަކަ ލަންދޫ ބްރާންޗުން ހަމަޖައްސަމުންދާއިރު ، މި މުބާރާތުގެ ލަންދޫގެ 5 މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ލަންދޫ ފެނަކަ އާއި، ލަންދޫ ޕޮލިސްސްޓޭޝަނާއި، ލަންދޫ ސްކޫލާއި، ލަންދޫ ހެލްތް ސެންޓަރުގެ އިތުރުން ލަންދޫ ކައުންސިލުން ވަނީ މިމުބާރާތުގައި ބައިވެރިވެފައެވެ.
ޕޮއިންޓް ސިސްޓަމަށް ކުކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކޮންމެ ރެއަކު ދެމެޗް ކުޅުމަށްހަމަޖެހިފައިވާއިރު، މި މުބާރާތުގެ ކުޅުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށްހަމަޖެހިފައިވަނީ 15 ވަނަދުވަހުގެ ރޭ 8:30 ގައެވެ.
ލަންދޫގައި މުއައްސަސާތަކުގެ މެދުގައި އެންމެ ފުރަތަމަ މި ފަދަ މުބާރާތެއް ބާއްވާފައިވަނީ 2019 ވަނައަހަރުއެވެ. އެ މުމުބާރާތް އިންތިޒާމް ކޮށްފައިވަނީ ލަންދޫ ކައުންސިލުންނެވެ.

ލަންދޫގައި މިހާރު ކުރިއަށްދާ މި ފުޓްސެލް މުބާރާތުގައި ރޭވަނީ 2 މެޗް ކުޅެފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ ލަންދޫ ހެލްތް ސެންޓަރާއި، ލަންދޫ ކައުންސިލެވެ. މި މެޗް 2 – 1 ން ހެލްތްސެންޓަރު ކާމިޔާބުކޮށްފައިވާއިރު ރޭ ކުޅު ދެވަނަ މެޗްގައި ލަންދޫ ފެނަކަ އާއި ލަންދޫ ޕޮލިސް ބައްދަލުކުރި މެޗް 6 – 3 ން ކާމިޔާބުކުރީ ލަންދޫ ފެނަކަ އެވެ.
މި މުބާރާތުގެ ދެ މެޗް މިރޭވެސް ވަނީ ކުޅެން ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ލަންދޫ ސްކޫލާއި، ލަންދޫ ފެނަކައެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ލަންދޫ ހެލްތް ސެންޓަރާއި، ލަންދޫ ޕޮލިހެވެ.
މިމުބާރާތުގެ މެޗް ޝެޑިއުލްއާއި، އެހެނިހެން މައުލޫމާތުތައް ތިރީގައިވާ ލިންކުން ލިބޭނެއެވެ.
fnkmuassasacup.com
