ދިގު އިންތިޒާރެއްގެ ނިމުން، ފުލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ފަށާނެކަމަށް އެކުންފުނިން ބުނެފއެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ ޕޯޓަލް އަދި އެސްއެމްއެސް މެދުވެރިކޮށް ތާވަލުކުރެވިގެންކަމަށައި، އަދި ފުރަތަމަ ފްލެޓްތައް ހަވާލުކުރަން ފަށާނީ އަމާން އުދަރެސް މަޝްރޫޢުގެ 14 ވަނަ ޓަވަރުންކަމަށްއެފްޑީސީން ބުންޏެވެ..
ފްލެޓްތައް ހަވާލުކުރުމުގައި އިސްކަންދޭނީ ނިމިފައިވާ ޓަވަރުތަކަށް ކަމަށް އެފްޑީސީން ބުނެފައިވާ އިރު، ފްލެޓް ހަވާލުކުރެވޭއިރު، އެ ޓަވަރެއްގެ ފެނާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތް ފުރިހަމަކުރެވިފައި ހުންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. ފަހި ޕޯޓަލް މެދުވެރިކޮށް ފްލެޓް ހަވާލުކުރެވޭ ފަރާތްތަކަށް އެކަން އަންގަމުން ގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.
މި ފްލެޓްތައް ހަވާލުކުރެވޭނީ ކޮންސްޓްރަކްޝަން މިނިސްޓްރީއިން ފޮނުވާފައިވާ މީހުންގެ ތެރެއިން، އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާ ނިންމާފައިވާ ފަރާތްތަކަށްކަމަށައި، މިހާތަނަށް 3000 އަށްވުރެ ގިނަ ފަރާތަކުން ވަނީ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް އެފްޑީސީން ބުންޏެވެ.
އެކުންފުނީގެ އަމާޒަކީ އަމާޒަކީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކާއި ފުލެޓްތައް ހަވާލުކުރުން ކަމަށާއި، އަދި ޑިޕޮސިޓް ފައިސާ ދެއްކުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލައިފައިވާކަމަށް އެފްޑީސީން ބުންޏެވެ.



