ފީއަލީ އައު އިންޖީނުގެއާއި އައިސްޕްލާންޓް ރައީސް ހުޅުވައިދެއްވައިފި

ފ.ފީއަލީގައި ސަރުކާރުން އަޅައިދިން އައު އިންޖީނުގެއާއި އައިސް ޕްލާންޓް ރައީސް ހުޅުވައިދެއްވައިފިއެވެ.
ފީއަލީގައި ބޭއްވި ރަސްމިއްުޔާތެއްގައި ފ.ފީއަލީގައި ތަރައްޤީކުރި އިންޖީނުގެއާއި އައިސް ޕްލާންޓް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.
މި އައިސްޕްލާންޓަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ތަރައްޤީކޮށްފައިވާ އައިސްޕްލާންޓެކެވެ. މިއީ 50 ޓަނުގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ ހުރި އައިސްޕްލާންޓެކެވެ. މިއީ މިފްކޯއިން އެކުންފުންޏާއި ހަވާލުކުރި 14 އައިސް ޕްލާންޓްގެ ތެރެއިން އައިސް ޕްލާންޓެކެވެ.
މި ރަސްމިއްުޔާތުގައި ވަނީ ފެނަކައިން ފީއަލީގައި ތަރައްޤީކުރި އައު އިންޖީނުގެވެސް ހުޅުވައިދެއްވާފައެވެ. އަދި ފެނަކައިގެ އޮފީސްގެ މި ރަސްމިއްޔާތުގައި ވަނީ ހުޅުވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފީއަލީއަށް ވަޑައިގެންނެވީ ފ. އަތޮޅުގެ ފަސް ރަށަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައެވެ. ރައީސް ސާލިހުގެ ދެ ކަނބަލުން ފީއަލިއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސް ސާލިހު ފ. އަތޮޅަށް ކުރެއްވި ދަތުރުފުގައި ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ބިލެއްދޫއަށް ވަޑައިގެން އެ ރަށްރަށުގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.
މި ދަތުުރުފުޅުގައި ރައީސް އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
