ޚަބަރު

ގްރޫޕު މާރާމާރީއަކާ ގުޅިގެން ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާލޭ ޓީޖެޓީ ސަރަހައްދުގައި މިއަދު ހަވީރު ބިދޭސީންތަކެއްގެ މެދުގައި ހިންގި ގްރޫޕު މާރާމާރީއެއްގައި ފަސް މީހަކަށް އަނިޔާވެފައިވާއިރު، އެމާރާމާރީއާއި ގުޅިގެން ބިދޭސީންތަކެއްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ މާލޭ ޓީޖެޓީ ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު މިއަދު ހަވީރު 16:50 ލިބިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ގްރޫޕު މާރާމާރީއާ ގުޅިގެން ބިދޭސީންތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެކަމަކު، ހައްޔަރު ކުރި މީހުންގެ އަދަދެއް ފުލުހުން އަދި ހާމަކޮށްފައި ނުވެ އެވެ.

ބަނދަރުގައި އޮތް ދެ ދޯންޏެއްގެ މަތީގައި ހިނގި އެ ހާދިސާގައި އެކަކު އަނެކަކަށް ލަކުޑިބުރިން ހަމަލާދޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެ އެވެ. އަދި ފިހިނގަޑާއި ދޯނި މަތީގައި ހުރި އެހެން ސާމާނުތައް ވެސް ބޭނުން ކުރި އެވެ.

އެ މާރާމާރީ ހިންގި ސަބަބެއް އަދި އެނގިފައި ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންދިޔަ އެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close