ޚަބަރު

އައްޑޫ އަދި ފުވައްމުލަކަށް ނައިބްރައީސްގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި

އައްޑޫ އަދި ފުވައްމުލަކަށް ނައިބްރައީސް ފައިސަލް ނަޞީމްގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މިއަދު ހެނދުނު މިދަތުރުފުޅު ފައްޓަވައިފައިވާއިރު، މިދަތުރުފުޅަކީ އެ ސަރަޙައްދުތަކުގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވައިލެއްވުމަށް، ކުރައްވާ ރަސްމީދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާރަށަކަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި އައްޑޫސިޓީގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި، ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރެއްވުމގެ އިތުރުން، ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ޚިދުމަތްތައްވެސް އިފްތިތާޙްކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި، ފުވައްމުލައްސިޓީއަށް ވަޑައިގެން، އެސިޓީގައި ހިންގޭ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ ކަމަށާ، އަދިފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން، ޏ އަތޮޅުތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފްވެރިކޮށްދެއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގަންނަވާނީ ހޯމަ ދުވަހު ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close