ޚަބަރު

ލަންދޫ ކައުންސިލްގެ 4 ވަނަ ރަންތަރި ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ނ.ލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ލަންދޫ ކައުންސިލްގެ 4 ވަނަ ރަންތަރި ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަދު އެކައުންސިލުން ކުރި އިޢުލާނުގައި ބުނާގޮތުން މި މުބާރާތް ބޭއްވިގެންދަނީ އެކިއެކި ޢުމުރުފުރާތަކަށް ބަހާލައިގެންނެވެ. އެގޮތުން މުބާރާތުގައި އެކިއެކި ވަނަތަކަށްދާ ދަރިވަރުންނަށް އަގުހުރި އިނާމުތަކާއި ޓްރޮފީވެސް ލިބިގެންދާނެކަމަށް އެ އިޢުލާނުގައި ވެއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ޖުލައި 18 ވަނަ ދުވަހުގެ 14:00 ހަމައަށް ހުޅުވާލެވިފައިވާކަމަށްވެސް އިޢުލާނުގައި ވެއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯރމް ރަސްމީގަޑިތަކުގައި ލަންދޫ ކައުންސިލުން ދޫކުރަމުންދާނެ ކަމަށާއި މުބާރާތުގެ ޤަވާޢިދު ލަންދޫ ކައުންސިލްގެ ނޯޓިސްބޯޑުންނާއި ލަންދޫ ކައުންސިލްގެ ފޭސްބުކު ޕޭޖުން ފެންނަ ހުންނާނެކަމަށްވެސް އެ އިޢުލާނުގައި ވެއެވެ.

އަހަރުތަކެއްގެ މެދުކެނޑުމަށްފަހު، ކައުންސިލް ރަންތަރި ޤުރްއާން މުބާރާތް މިއަހަރު ބާއްވަން ނިންމުމުން ގިނަ ބަޔަކު ދަނީ އެކަމަށްޓަކައި ލަންދޫ ކައުންސިލަށް ހޫނު މަރުޙަބާ އެއް ކިޔަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close