ބަންގީގެ އަޑުން އުނދަގޫވާނަމަ، ބަންގީގެ އަޑުން އުނދަގޫނުވާ ހިސާބަކަށްދޭ – ޝައިޚް އިބްރާހީމް ރަޝީދު
ބަންގީގެ އަޑުން އުނދަގޫވާ މީހުން ބަންގީގެ އަޑުން އުނދަގޫ ނުވާ ހިސާބަށް ގައުމު ދޫކޮށް ދާންވީކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، މިސްކިތްތަކުގެ ތާޅަފިލިން އިވޭ ބަންގީގެ އަޑުގެ ސަބަބުން އުނދަގޫވާ މީހުން އެ އަޑު ނީވޭ ހިސާބަށް، ގައުމު ދޫކޮށް ދާންވީ ކަމަށެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްކަން ހަނދާންކޮށްދެއްވަމުން، މި ޝަރަފް ދެމެހެއްޓުމަށްޓަކައި ދިވެހި ކޮންމެ ރައްޔިތަކު މަސައްކަތް ކުރަންޖެހޭ ވެސް ސެއިޚްގެ ވަނީ ވިދާޅުވެފައެވެ.
“މިސްކިތްތަކުގެ ތާޅަފިލިން އިވޭ ބަންގީގެ އަޑުގެ ސަބަބުން އުނދަގޫވާނަމަ، އެމީހަކު އަވަހަށް ދިވެހި ޤައުމުދޫކޮށް އުނދަގޫ ނުވާ ހިސާބަކަށް ވަޑައިގަންނަވާ.ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް. މި ޝަރަފް ދެމެހެއްޓުމަށްޓަކައި ދިވެހި ކޮންމެ ރައްޔިތަކު މަސައްކަތް ކުރަންޖެހޭ” ސެއިޚް ވިދާޅުވެފައި ވެއެވެ.
ސެއިޚް މިމޭރުމުން ވިދާޅުވެފައިވާއިރު، ބައެއް ދިވެހީން ފާޅުގައި އިސްލާމް ދީނާއި ދެކޮޅު ހަދައި، މިނިވަންކަމުގެ ނަމުގައި މީސް މީޑިއާ އަޑުއުފުލާފަވެއެވެ. އަދި ފޭސްބުކްއާއި، ޓްވީޓާ ވަގު އައިޑީ ބޭނުންކޮށްގެން އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ ހަދައެވެ.
މިސްކިތްތަކުން ފަސްވަގުތު އިވޭ ބަންގީގެ މޫރިތި ގޮވާލުމުގެ އަޑަކީ އެތަނެއްގެ އިސްލާމީ ސަޚްސިއްޔަތު އަންގައިދޭ، އިސްލާމް ދީނުގެ މަތިވެރި އަޅުކަމެއް ކަމަށްވާ ނަމާދަށް ގޮވާލެވޭ މަތިވެރި ގޮވާލުމެއްގެ އަޑެވެ.


