ރިޕޯޓް

ރަޝިޔާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ނުރައްކާ މިހާރު ވަރަށް ބޮޑު: ޔުކްރެއިން އިންޓެލް

ޔޫކްރޭންގެ އަސްކަރީ ޖާސޫސީ އިދާރާއިން ބުނާ ގޮތުގައި ރަޝިޔާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑު ވެފައެވެ.

ޔޫކްރޭނުގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމަ ވަރުގަދަ ކުރެއްވުމެއްގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަމުގެ ކޮންމެވެސް ވަރެއްގެ އިންޒާރެއް ރަޝިޔާގެ ރައީސް މިދިޔަ ހަފްތާގައި ދެއްވައި މިއީ މީހުން ބިރުގަންނަވަން ވިދާޅުވާ އެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން ޖާސޫސީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ނިއުކްލިއާ ހަނގުރާމައިގެ ނުރައްކާ އަދިވެސް ވަރަށް ކުޑަ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޔޫކްރޭނުން ދަނީ އެކަމުގެ އެލާމް އަޅަމުންނެވެ. މި ހަފްތާގައި ދަ ގާޑިއަންއަށް ދެއްވި އިންޓަވިއުއެއްގައި ޔޫކްރޭންގެ ޑެޕިއުޓީ އިންޓެލިޖެންސް ޗީފް ވަޑިމް ސްކިބިޓްސްކީ ވަނީ ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރެއް ބޭނުންކުރާނެ ކަމުގެ އިންޒާރު “ވަރަށް މަތި” ކަމަށް ވިދާޅުވެފަ އެވެ.

“އެމީހުން ފްރަންޓްލައިންގައި ހުންނަ ތަންތަނަށް އަމާޒު ކުރާނެ ކަމަށް ބެލެވެނީ ، ސިފައިންގެ ޕާސަނަލް އަދި އިކުއިޕްމަންޓްތަކާއި، ކީ ކޮމާންޑް ސެންޓަރުތަކާއި، ކްރިޓިކަލް އިންފްރާސްޓްރަކްޗާތަކަށް” “އެކަންތައް ހުއްޓުވުމަށްޓަކައި އަޅުގަނޑުމެންނަށް ބޭނުންވަނީ ހަމައެކަނި އިތުރު އެންޓި އެއާކްރާފްޓް ސިސްޓަމްތަކެއް ނޫން، އެންޓި ރޮކެޓް ސިސްޓަމްތަކެއް.” ސްކިބިޓްސްކީ ވިދާޅުވި އެވެ.

ޔޫކްރޭންގެ އަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ، އޭނާގެ ވާހަކަތަކަށް ބާރުލިބޭ އިތުރު ހެއްކެއް ނުދެއްވައެވެ. އޭނާއާއި އަދި ޔުކްރެއިންގެ އޮފިޝަލުން ވަނީ ޕޫޓިން ބަލިވެ އުޅޭ ކަމަށް ވެސް ތަކުރާރުކޮށް އަސާސެއް ނެތް ތިއަރީތައް ފަތުރާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ އޮފިޝަލުން ދަނީ ރަޝިޔާއިން ނިއުކްލިއާ ބޯޓުތައް ހުރި ތަން ބަދަލުކޮށްފައިވާ ކަމުގެ ނިޝާންތަކަށް ނުވަތަ އެތަނުގެ އެލާޓް ސްޓޭޓަސް ބަދަލުކޮށްފައިވާ ކަމުގެ ނިޝާންތަކަށް ވަރަށް ގާތުން ބަލަމުންނެވެ. އެކަމަކު ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ހަރަކާތުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށްވެއެވެ.

ހިފާފައިވާ ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ހުކުރު ދުވަހު ހިފެހެއްޓުމަށް ޕޫޓިން އިއުލާން ކުރަން ތައްޔާރުވެފައިވާއިރު، ރަޝިޔާގެ ބައެއް ފާރަވެރިންނާއި އަސްކަރީ ތަޖުރިބާކާރުން ވަނީ ޕޫޓިން ނިއުކްލިއާ ހަތިޔާރެއް ބޭނުން ކުރުމުގެ ނުރައްކާ ބޮޑުވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހަނގުރާމަ ފެށުނު ފަހުން ޕޫޓިން ތަކުރާރުކޮށް ނިއުކްލިއާ އިންޒާރުތައް ދެއްވާފައިވާއިރު، ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގޭ ލަވްރޯވް ދާދި ފަހުން ވިދާޅުވީ ރަސްމީކޮށް ރަޝިޔާގެ ތެރެއަށް ހިމެނިފައިވާ ކޮންމެ ސަރަހައްދަކަށް ކްރެމްލިންގެ ފުރިހަމަ ހިމާޔަތް ލިބޭނެ ކަމަށެވެ.

“ރަޝިޔާގެ ސަރަހައްދުގައި ހަނގުރާމަ ކުރުމާ ދެކޮޅަށް ހުރި ރަތް ރޮނގުތައް ކުއްލިއަކަށް ހުރަސްކޮށްލާނެ،” އެމެރިކާ ސިފައިންގެ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ކެވިން ރަޔަންވިދާޅުވިއެވެ.

ރަޝިޔާގެ ކުރީގެ ޑިފެންސް އެޓޭޗެއް ކަމަށްވާ ޖެނެރަލް ޑރ. ކެވިން ރަޔަން އިންސައިޑާއަށް ދާދި ފަހުން ދެއްވި ކޮމެންޓްތަކުގައި ވިދާޅުވީ، “ނޭޓޯގެ ހަތިޔާރުތައް ރަޝިޔާގެ އެތެރޭގައި ބޭނުންކުރާނެކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީ ރަޝިޔާގެ ދައުލަތަށް ސީދާ ހަމަލާތަކެއް ދިނުން ކަމަށެވެ .

ޖެނެރަލް ކެވިން ތުހުމަތު ކުރެއްވި ގޮތުގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް ޕޫޓިން ވިދާޅުވާ ވިދާޅުމަކީ ޓްރިގަރއެކެވެ. ނިޔުކުލިއާ ހަތިޔާރުގެ ވާހަކަ އޭނާ އެދައްކަވަނީ ޔޫކްރޭނަށް އޮތް ހުޅަނގުގެ ތާއީދު ހަނިކުރުމަށް ކަމަށް ގަބޫލުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

“ޕޫޓިންގެ ނިޔުކުލިއަރ އިންޒާރުތަކަކީ، ހުޅަނގަށް ބިރުދައްކައި، ޔޫކްރޭނަށް ހަތިޔާރު ދިނުން ކުރިއަށް ގެންދިއުން ހުއްޓުވުމަށް ކުރާ މަސައްކަތެއް، އޭނާގެ މި މަޅީގައި ހުޅަގުން ޖެހިގެންނުވާނެ،” އެޓްލާންޓިކް ކައުންސިލްގެ ޔޫރޭޝިއާ ސެންޓަރުގެ ނޮންރެސިޑެންޓް ސީނިއާ ފެލޯއެއް ކަމަށްވާ ބްރައިއަން ވިޓްމޯ ދާދި ފަހުން ވިދާޅުވި އެވެ.

ނިއުކުލިއާ ހަތިޔާރު ބޭނުންކުރުމުގެ ޓެކްނިކަލީ ޝަރުތުތައް އަދި ރަޝިއާއިން ފުރިހަމަ ކުރުމަށް ވަގުތު ނަގާނެ. އެކަމުގެ ރޭވުންތެރިކަމާއި އެއްބައިވަންތަކަން އަދި ރަޝިއާގެ ކިބަޔަކުން ނުފެނޭ. އަސްކަރީ ތަހުލީލު ކުރާ ޖޯޖް ބާރޯސް އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވާރ އިން ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އިންސައިޑާ އަށް ކިޔައިދިނެވެ.

“އަޅުގަނޑަކަށް ހިއެއް ނުވޭ ކޮންވެންޝަނަލް ރަޝިޔާގެ އަސްކަރިއްޔާގައި، މި ހިސާބުން، އެކަން ކުރެވޭނެ ގާބިލްކަން ނުވަތަ މޯރަލްއެއް އޮތް ކަމަކަށް،” ބާރޯސް އިތުރަށް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close