ހައިވޭމަތިން ދެ ސައިކަލު ޖެހި މީހަކު ވަރަށްބޮޑަށް ޒަޚަމް ވެއްޖެ
މާލެ އާއި ހުޅުމާލޭ ގުޅުވައިދޭ ހައިވޭމަތިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ވަރަށް ބޮޑަށް ޒަޚަމް ވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މިރޭ ދެނަމާދު ދޭތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެކަކު ވަރަށް ބޮޑަށް ޒަޚަމް ވެފައިވާ ކަމުގެ މައުލޫމާތު ލިބުނު ނަމަވެސް މި ހާދިސާގައި އަނިޔާވެފައިވަނީ ކިތަށް މީހުންނަށް ކަމެއް ޔަޤީނެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭއިން މާލެއަށް ދުއްވާ ފަޅީގެ ހައިވޭމަތިން ދެ ސައިކަލު ޖެހިގެން ކަމަށެވެ.
މިހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިއެކްސިޑެންޓާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
