އަންނަ އަހަރުގެ ބަޖެޓު ތަންފީޒުވެގެން އަންނައިރު 1200 ވަޒީފާ ސިއްޙީ ދާއިރާއިން އުފެދޭނެ – ހެލްތު މިނިސްޓަރ
އަންނަ އަހަރުގެ ބަޖެޓު ތަންފީޒުވެގެން އަންނައިރު 1200 ވަޒީފާ ސިއްޙީ ދާއިރާއިން އުފެދޭނެކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ބަޖެޓު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ސިއްޙީ ދާއިރާއަށް ބޭނުންވާ ގިނަ ޕްލޭންތަކެއް މިހާރު ކޮށް ނިމިފައިވާކަމަށެވެ. މީގެ ސަބަބުން ބަޖެޓު ފާސްވުމާއެކު ބޮޑެތި ބަދަލުތަކެއް ފެންނާނެކަމަށެވެ. 1200 އަށްވުރެ ގިނަ ވަޒީފާއުފެދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ބަޖެޓުގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ވަޒީފާރތަކަށް މިހާރު ބައެއް ފަރާތްތަކާއި އިންޓަވިއު ކުރެވިފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސިއްޙީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ހަމަކުރުމަށް މީހުން ބޭނުންވާ ދާއިރާތައް ދެނެގަތުމުގެ މަސައްކަތްތައް ނިމިފައިވާކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.
ސިއްޙީދާއިރާއަށް ކުރިއަށް އޮތް އަހަރަށް ބޭނުންވާ ގިނަ ޕްލޭންތަކެއް މިހާރުކޮށް ނިމިފައިވާކަމަށާއި އޭގެ ފައިދާ އަންނަ އަހަރުގެ ކުރީކޮޅު ރައްޔިތުންނަށް ލިބޭނެކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ބަޖެޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މިއަހަރު ސަރުކާރުން ކުރަން ބޭނުންވި ގިނަ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރުމަށް ގިނަ ގޮންޖެހުންތަކެއް މެދުވެރިވިކަމަށާއި އެއީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް އޮތް ބަޖެޓެއް މިއަހަރަށް ނުލިބުމުންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހަދާ 5 ޓަރޝިއަރީ ހޮސްޕިޓަލަށް ބޭނުންވާ އާލާތްތައް ދެނެގަނެ ރާއްޖޭގެ އެހެނިހެން ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ ވަޞީލަތްތައް ދެނެގަނެވި ލިސްޓު ކުރެވިފައިވާކަމަށެވެ. މީގެ ތެރެއިން ބައެއް ސާމާނަށް މިހާރު އޯޑަރުކޮށްފައިވާކަމަށާއި އެސްޓީއޯ މެދުވެރިކޮށް ބައެއް ތަކެތި ގެނެސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބަޖެޓުގައި 5 ޓާޝައަރީ ހޮސްޕިޓަލް ތަރައްޤީކުރުމަށް 141 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ސިއްޙީ ދާއިރާއަށް ޚާއްސަކޮށް އަންނަ އަހަރުގެ ބަޖެޓުގައިވަނީ 4.1 ބިލިއަން ރުފިޔާ ހިމަނާފައެވެ. މިއީ މިހާތަނަށް ސިއްޙީ ދާއިރާއަށް އެންމެ ބޮޑު ބަޖެޓު ކަނޑައެޅި ފުރަތަމަ ފަހަރެވެ. މި ބަޖެޓާއެކު އަންނަ އަހަރަކީ ސިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.


1200 އެއްނޫން 12000 ވެސް އުފެއްދި ދާނެ ދައުލަތުގެ ދަރަނި އަރާފައިވާ ނިސްބަތް ނިކަން ދެކިބަލަ