ޚަބަރު

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ފަށަނީ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކަކުލު ހުޅު ބަދަލުކުރުމުގެ (Total Knee Replacement Surgery) ހާއްސަ އޮޕަރޭޝަންތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކޭއާރުއެޗްއިން ވިދާޅުވީ މިއޮޕަރޭޝަންތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ހިދުމަތް ދޭން ފައްޓަވާފައިވާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ، ކަށީގެ އޮޕަރޭޝަންތަކަށް ހާއްސަ އަދި އެ ހޮސްޕިޓަލްގެ މެޑިކަލް ޑިޕާރޓްމަންޓްގައި އިސްކޮށް ހުންނަވާ ޑރ. އާޒިމް އަބްދުއްޝަކޫރު ކަމަށެވެ.

މިއޮޕަރޭޝަންތަކުގެ އިތުރަށް، ޑރ. އާޒިމް ކުޅުދުއްފުށި ސިޓީގައި ހުންނަވާ ދުވަސްވަރު، އޯ.ޕީ.ޑީ ގައި ހަފްތާގެ ބައެއް ދުވަސްތަކުގައި ބައްލަވާނެއެވެ.

ޑރ. އާޒިމްގެ ހިދުމަތްތައް ތަޢާރަފް ކުރުމަށް، އެ ހޮސްޕިޓަލުން އާންމު ކޮށްފައިވާ ކުރު ވީޑިއޯއެއްގައި މަޢުލޫމާތު ހިއްސާކުރައްވަމުން، ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ އަޙްމަދު ދާވޫދު ވިދާޅުވީ މި ޚިދުމަތަކީ ކޭ.އާރު.އެޗް ގެ ކްލިނިކަލް ސާރވިސަސް ޑިޕާރޓްމެންޓުން އިސްނަންގަވައިގެން ޑރ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ އޮތޮޕޭޑިޝަން އާޒިމްގެ އެހީތެރިކަމާއިއެކު ކުރިޔަށް ގެންދެވޭ ހިދުމަތެއް ކަމުގައެވެ.

މިފަދަ ހިދުމަތެއް 2019 ވަނަ އަހަރުވެސް ކުރިޔަށް ގެންދެވިފައިވާނެ ކަމަށް ވިދާޅުވަމުން، ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ ދަށްވުމުގެ ސަބަބުން މިފަދަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ދިނުމަށް ދަތިތަކެއް ހުރިކަމަށް ފާހަގަ ކުރެއްވި އެވެ.

“އަލަށް ހެދޭ 30 އެނދުގެ ވާޑް އިމާރާތް އަދި 6 އެނދުގެ އައި.ސީ.ޔޫ ނިމުމުންމިކަމަށް ލުއިތަކެއް ލިބިގެންދާނެ”

އަޙްމަދު ދާވޫދު ހާމަކުރެއްވިއެވެ.

އަދި މިސަރަހައްދުގައި ކަކުލުގެ ފަރުވާއަށް ބޭނުންވެފައިވާ އެތައް ބަޔަކު ތިބިކަމާއި، މިނިސްކަސް އަދި އޭ.ސީ.އެލް އޮޕަރޭޝަންތައް ކައިރި މުސްތަޤްބަލެއްގައި ކުރެވިގެން ދިޔުމަކީ އުއްމީދެއްކަމުގައި ދެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close