ޚަބަރުކުޅިވަރު

ތަފާތު ބޮޑު ނަތީޖާއަކުން ޕާކިސްތާން ބަލިކޮށް ރާއްޖެއަށް ފުރިހަމަ ފެށުމެއް

ބެންގްކޮކްގެ ނޮންތަބުރި ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި، ރާއްޖޭގެ ފިރިހެން ޓީމުން ޕާކިސްތާނާ ބައްދަލުކޮށް 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފިއެވެ. މެޗު ފެށުނީއްސުރެ މޮޅު ކުޅުމެއް ދެއްކި ރާއްޖޭގެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަސް ލަނޑުގެ ލީޑެއް ނަގައި، މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައެވެ.

މި މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނު ލަނޑުތަކަށް ބަލާއިރު، އަހުމަދު ހަމީދު ފުރަތަމަ ލަނޑު ޖަހައިދިންއިރު، އަލި ޝިޔާހު އާއި ކެޕްޓަން މުހައްމަދު އިމްރާން ވަނީ ލީޑު ފުޅާކޮށްދީފައެވެ. މީގެ އިތުރުން ކީޕަރު ޒައިދާން އަހުމަދު ބޯޅަ ފޮނުވާލައިގެން ލަނޑެއް ކާމިޔާބުކުރިއިރު، އަލީ ޝަމާލް އަބްދުﷲ އާއި އަބްދުﷲ ޝާފިއު ވެސް ވަނީ ލަނޑު ޖަހާފައެވެ.

ޕާކިސްތާނުން އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ މި މެޗުގެ ފަހުކޮޅުއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުން ހޯދި މި ފަސޭހަ މޮޅާއެކު ރާއްޖެއިން ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް އުންމީދީ ފެށުމެއް ގެނެސްދީފައެވެ. ދެން ރާއްޖެއިން ކުޅޭ މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު ބަންގްލަދޭސް އާ ދެކޮޅަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close