ޚަބަރު

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގައިފި

ޅ. އަތޮޅު ހޮސްޕިޓަލުން ރެފަރ ކުރި ބަލި މީހަކު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށި ސިޓީގެ މޮނިޓަރިންގެ ހާލަތުގައި އޮތް އޮތުން އުވާލައިފިއެވެ.

އެރަށް މޮނިޓަރިންގެ ހަލަތުން ނަގާފަިއވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ އެރަށަށް އަންގާފައެވެ.

އެ ބަލިމީހާ ކޮވިޑަށް ޕޮޒިޓިވްވި އިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ދަނީ ފަރުވާދެމުންނެވެ. އޭނާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

އެމީހާ ޕޮޒިޓިވް ވި އިރު އޭނާގެ އެހީތެރިންނާއި އަދި އެ މީހާ ކައިރީގައި އެޑްމިޓްކޮށްފައިވާ އެހެން ބަލި މީހަކާއެކު އެރަށުން ވަނީ ޖުމްލަ 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކުޅުދުއްފުށި ސިޓީގެ މޮނިތަރިންގެ ހާލަތު އުވާލާފައި ވަނީ 2021 މާރިޗު 28 ވަނަ ދުވަހުގެ ހަވީރު 5:52 ގައެވެ. އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ މޮނިޓަރިންގެ ހާލަތު އުވާލެވުނީ އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުންކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އެރަށުން ޕޮޒިޓިވް ވި ކޭސްއާއި ގުޅިގެން ނެގުނު ހުރިހާ ސާމްޕަލްތަކަކާއި، މިހާތަނަށް ނެގުނު ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވެފައިވާކަމަށެވެ.

ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ބަލި ފެތުރެމުން ދިއުމާއެކު ރައްކާތެރިކަމުގެ ގޮތުން މާސްކު އަޅާ، ސާފުތާހިރުކަމާއި، އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުއްވުމަށް ކޭއާރުއެޗް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވާ 7606688 އާ ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެ ހޮސްޕިޓަލުން ދަންނަވާފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close