ޚަބަރު

“އޮޕަރޭޝަން ރިވެލި” ގެ ދަށުން 7803 ސަރަހައްދު ބަލައި ފާސްކޮށް 29 މީހަކު ހައްޔަރުކޮށްފި

އާ އަހަރުގެ ބަންދާ ދިމާކޮށް އިތުރުވާ ކުށްތައް ހުއްޓުވައި، ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ހިދުމަތުން އިސްނަގައިގެން ކުރިއަށްގެންދާ “އޮޕަރޭޝަން ރިވެލި” ގެ ދަށުން މިހާތަނަށް 7803 ސަރަހައްދު ބަލައި ފާސްކޮށް 29 މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ވައްކަމާއި ފޭރުން، މަސްތުވާތަކެތި، އަދި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

ފުލުހުން ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު 24 އިން 28 އާ ދެމެދު ޖުމްލަ 3845 މީހުން ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. މާލެ ސަރަހައްދުން 1598 މީހުންނާ ސުވާލުކޮށް 26 މީހަކު ހައްޔަރުކޮށްފައިވާއިރު، 1954 އުޅަނދު ޗެކްކޮށް 397 ފަރާތެއް ޖޫރިމަނާކޮށްފައިވެއެވެ.

ހުޅުމާލޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2247 މީހުންނާ ސުވާލުކޮށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ސަރަހައްދުގައި 1879 އުޅަނދު ބަލައި ފާސްކޮށް 28 ފަރާތެއް ޖޫރިމަނާކޮށްފައިވެއެވެ. ސުވާލުކުރެވުނު މީހުންގެ ތެރޭގައި މާލެއިން 95 ބިދޭސީންނާއި ހުޅުމާލެއިން 46 ބިދޭސީން ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close