ދީން

އަންހެނުންގޭގައި ނަމާދުކުރާއިރު، ބަންގި ގޮވައި ޤަމަތްދޭން ޖެހޭނެތޯ؟

ސުވާލު:

އަންހެނުން އެކަނބަލުންގެ ޖަމާޢަތުގައި ނުވަތަ އެކަނި ނަމާދު ކުރާއިރު ބަންގި ގޮވައި ޤަމަތްދިނުމީ އެކަނބަލުންގެ މައްޗަށް ވާ ވާޖިބެއްތޯ ނުވަތަ ނޫންތޯ އޮޅުންފިލުވައި ދެވިދާނެ ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

ޖަވާބު:
ހުރިހާ ޙަމްދެއް ހުރީ ﷲ އަށެވެ.

ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީ اللجنة الدائمة للإفتاء އާ ސުވާލުކުރެވުނެވެ. އަންހެނަކު އިމާމުކަން ކުރާނަމަ އެކަނބަލުން ޤަމަތްދޭން ޖެހޭނެ ހެއްޔެވެ؟
ޖަވާބުދީފައިވަނީ މިފަދައިންނެވެ.
“އެކަނބަލުންގެ ޙައްޤުގައި ޤަމަތްދިނުން ޝަރުޢުވެގެން ނުވެއެވެ. އެއީ އެކަނި ނަމާދުކުރި ކަމުގައިވިޔަސް ނުވަތަ ޖަމާޢަތުގައި ނަމާދުކުރި ކަމުގައިވިޔަސް މެއެވެ. އަދި ހަމަ އެހެންމެ އެކަނބަލުންގެ ޙައްޤުގައި ބަންގިވެސް ޝަރުޢުވެގެން ނުވެއެވެ.”

އައްޝައިޚް މުޙައްމަދު ޝާފިޢު ގެ ލިޔުއްވުމަކުން
فتاوى اللجنة الدائمة 6 / 84

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close