ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔަ ހައްޔަރު ކޮށްދިނުމަށް އެދިއްޖެ
ފިއްލަވައިގެން ގައުމު ދޫކުރައްވާ ވަޑައިގެންވި ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔަ ހައްޔަރު ކޮށްދިނުމަށް އެދިއްޖެއެވެ.
ގޮޓަބަޔާ ހައްޔަރުކޮށްދިޮނުމަށް އެދިފައިވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ނެވެ. އެފަދަ ޖަމާޢާތްތަކުންވަނީ ސިންގަޕޯރގެ އެޓަރނީ ޖެނެރަލައަށް ޖިނާއީ ބޮޑެތި ތުހުމަތުތަމާއެކި ލިޔެކިޔުންތައް ހުށހަޅާފައެވެ.
އިންޓަރނޭޝަނަލް ޓުރުތު އެންޑް ޖަސްޓިސް ޕްރޮޖެކްޓު (ITJP) އިން ހުށަހެޅި، ޖިނާއީ ތުހުމަތުތައް ހިމެނޭ 63 ސަފްހާގެ މައްޗަށް އެކުލެވޭ ލިޔެކިޔުންތަކުގައި ހިމެނެނީ ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ގޮޓަބަޔަގެ ޑިފެންސް ސެކެޓްރީ ކަމުގައި ހިންގާފައިވާކަމަށް ބުނާ ޖަރީމާތަކެވެ.
ITJP އިން ބުނެފައިވަނީ، ސްރީ ލަންކާގެ 25 އަހަރުވީ އަހުލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްކޮޅުގައި، ގޮޓަބަޔަގެ ޑިފެންސް ސެކެޓްރީ ކަމުގައި ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ޖެނީވާ ކޮންވެންޝަނާއި ޚިލާފް ޖަރީމާތައް ހިންގާފައި ވާކަމުގައެވެ.


