ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ވަޑައިގެންފި
ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ވަޑައިގެންފައިވާ ކަމަށް އަލްއެޚްބަރިއްޔާ އިން ބުނެފި އެވެ.
ޕްރިންސް މުހައްމަދަށް ޤާހިރާއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ރައީސް އަބްދުލް ފައްތާހު އެލްސީސީއެވެ.
ސަލްމާން ރަސްގެފާނުގެ އިރުޝާދުގެ މައްޗަށް ބިނާކޮށް ވަލީއަހުދު އެފްރިކާގެ ގައުމަށް ކުރައްވާ ދަތުރުފުޅަށްފަހު އުރުދުން އަދި ތުރުކީއަށް ވަޑައިގަންނަވާނެއެވެ.
އެމަނިކުފާނު މި ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުންތަކާއި އެ ގުޅުންތައް އެކި ދާއިރާތަކުން އިތުރަށް ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ސައުދީ އަރަބިއްޔާއާއި މިސްރާ ދެމެދު އޮތް ގުޅުން ބަދަހިވެ، ޢަރަބި ދުނިޔެއަށް ޚާއްޞަ މުހިންމުކަމެއް ލިބިފައިވެއެވެ. މި ދެ ގައުމުން ތާރީޚީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް ދެކެމުން އަންނަނީ މި ސަރަހައްދަށް މުހިންމު އެކުވެރިންގެ ގޮތުގައެވެ. މި ސިޔާސަތަކީ 1936 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު މިސްރުން ސައުދީ ދައުލަތް ރަސްމީކޮށް ބަލައިގަތް ދުވަހުން ފެށިގެން ކުރިއަށްދާ ސިޔާސަތެކެވެ.
ދެގައުމު ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައިވެސް ގުޅުން ވަރުގަދަކޮށް، ގާތް ޑިޕްލޮމެޓިކް ގުޅުންތަކެއް ގާއިމްވެ، ހަލަބޮލި ދުވަސްވަރުތަކުގައި ވެސް ހުރަސްތަކާއި ޚިޔާލުތަފާތުވުންތަކުން އަރައިގަނެފަ އެވެ.
މިސްރުގައި ހުންނަވާ ސައުދީ ސަފީރު އުސާމާ ބިން އަހުމަދު ނޫގަލީ، އަރަބި ނިއުސްއަށް މައުލޫމާތު ދެއްވިގޮތުގައި، “ރައީސް އަބްދުލް ފައްތާހު އެލް ސީސީއާ ބައްދަލުކުރެއްވުމަށް ހޯމަ ދުވަހު ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޤާހިރާއަށް ކުރެއްވި ދަތުރުފުޅަކީ ސްޓްރެޓެޖިކް އެއްބާރުލުމާއި މަޝްވަރާގެ މެދުކެނޑުމެއްނެތި ދަތުރުފުޅެކެވެ.


