އިނގިރޭސިވިލާތުގެ ރައްޔިތަކު 15 އަހަރަށް ޖަލަށް ލާން އިރާގުގެ ކޯޓަކުން ހުކުމް ކޮށްފި
އާސާރީ ތަކެތި ވަގަށްނެގި މައްސަލައެއްގައި އިރާގުގައި އިނގިރޭސިވިލާތުގެ ރައްޔިތަކު 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
އިރާގުގެ ކޯޓަކުން އިނގިރޭސިވިލާތުގެ މީހަކު 15 އަހަރަށް ޖަލަށް ލުމަށް މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފައި ވަނީ އެގައުމުން ބޭރުން ގަދީމީ ތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ކަމަށް ރޮއިޓާސްގެ ރިޕޯޓަރަކާއި ޝަރުއީ މަސްދަރުތަކުން ބުނެފި އެވެ.
އިރާގުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިދިޔަ މާޗް މަހު ބަޣްދާދު އިންޓަނޭޝަނަލް އެއާޕޯޓުން ޖޭމްސް ފިޓަން، 66، ހައްޔަރުކޮށްފައި ވަނީ އޭނާގެ ބެގޭޖުގައި ގަދީމީ ކުނިކޮތަޅުތަކުގެ ކުދި ކޮތަޅުތަކެއް ގެންގުޅުނު މައްސަލައިގަ އެވެ.
ބަޣްދާދުގެ ކްރިމިނަލް ކޯޓުން ފިޓަންގެ މައްޗަށް ހުކުމް ކުރީ ދެކުނު އިރާގުގެ ތަރިކަ ސަރަހައްދަކުން އެ ތަކެތި ނަގައި “ޖިނާއީ ނިޔަތެއްގައި” އެތަނުން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރުމުން ކަމަށް ޝަރުއީ އެއް މަސްދަރަކުން ބުނެ އެވެ.
ފިޓަންގެ ވަކީލު ވިދާޅުވީ އެ ހުކުމް އިސްތިއުނާފު ކުރައްވާނީ ޖިނާއީ ނިޔަތެއް ނެތް ކަމަށް ބުނެ ކަމަށެވެ.
ފިޓަން އާއި އެކު ހައްޔަރުކުރި ޖަރުމަނުގެ މީހަކު ވެސް ކުނިކޮތަޅުތަކުގެ ކޮތަޅުތައް ނެގި ކަމަށް ބުނެ ހައްޔަރުކުރި ވޯލްކާ ވޯލްޑްމަން ވެސް ވަނީ ހަމަ އެ ދައުވާއިން ބަރީއަވެފަ އެވެ.



