ރަޝިއާއިން މަރިއުޕޯލްއަށް ދިންހަމަލާގައި ކެމިކަލް ހަތިޔާރު ބޭނުންކުރިކަމަށް ތުހުމަތު ކޮށްފި
ރަޝިއާއިން ޔޫކްރެއިންގެ މަރިއުޕޯލްއަށް ދިންހަމަލާގައި ކެމިކަލް ހަތިޔާރު ބޭނުންކުރިކަމަށް ޔޫކްރެއިންގެ އޮފިޝަލުންތުހުމަތު ކޮށްފިއެވެ.
ބުނެވޭ ގޮތުގައި ޑްރޯން އެއް މެދުވެރިކޮށް މަރިއުޕޯލްގެ އެތަންމިތަނަށް އުކާފައިވާ ‘ގޮތް ނޭނގޭ މާއްދާ’ ގެ ސަބަބުން ޔޫކްރެއިންގެ ސިފައިން ނަށް ވަނީ ހޮޑުލުމާއި، ނޭވާލުމުގެ މައްސަލަތަކާއި، އެނޫންވެސް އަލާމާތްތައް ތަހައްމަލު ކުރަން ފަށާފައެވެ.
ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދެއްވާ ކޮންމެ ދުވަހެއްގެ ވީޑިއޯ ތަގުރީރުގައި ހޯމަ ދުވަހުގެ ރޭ ޔޫކްރެއިންގައި ރަޝިޔާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު ދެއްވި ނަމަވެސް، އެ ހަތިޔާރުތައް މިހާރުވެސް ބޭނުން ކޮށްފައިވާކަން ކަށަވަރު ކޮށްނުދެއްވާ ކަމަށް ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ސައްހަ ނޫން ރިޕޯޓްތައް ބުނާ ގޮތުގައި، ވަށާލާފައިވާ ދެކުނުގެ ބަނދަރު ސިޓީގައި ‘ގޮތް ނޭނގޭ މާއްދާއެއް’ ބޭނުންކޮށްފައިވާ ކަމަށާއި، އެ މާއްދާ ވަރަށް އަވަހަށް ތަހުލީލު ކޮށް ބެލެވޭނެ ކަމަށެވެ.
ޔޫކްރެއިންގެ މީޑިއާއިން ބުނީ ރަޝިޔާއިން މަރިއުޕޯލްގައި ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ‘ވިހަ މާއްދާއެއް’ ބޭނުންކޮށްފައިވާ ކަމަށް ބުނެ، ދުރު-ކަނާތު ފިޔައިގެ އަޒޯވް ފައުޖުން ވާހަކަ ދައްކާފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި މާއްދާ ބޭނުންކޮށްފައިވަނީ ޑްރޯންއަކުން ކަމަށާއި، މި ހާދިސާގައި އަނިޔާވި މީހުންގެ ނޭވާކުރުވެ، އެހެނިހެން އަލާމާތްތައް ވެސް ފެންނަން ހުރި ކަމަށެވެ.
ޔޫކްރެއިންގެ ޕާލަމެންޓް މެމްބަރު އިވާންނާ ކްލިމްޕުޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަރިއުޕޯލްގައި ގޮތްނޭނގޭ މާއްދާއެއް ބޭނުންކޮށްފައިވާ ކަމަށެވެ. ވިކްޓިމްސް އަށް ރެސްޕިރޭޓަރީ ފެއިލްވުން، ވެސްޓިބް.-އެޓެކްޓިކް ސިންޑްރޯމް ކުރިމަތިވުން. އެންމެ ބޮޑަށް ބެލެވޭ ގޮތުގައި ކެމް.ހަތިޔާރު! މިއީ ނުރައްކާތެރި އޭގެ ފަހަތުގައި ދުނިޔެ ފަނާކޮށް، އިޤްތިޞާދު ފުނޑުފުނޑުކޮށްލާނެ ކަމެކެވެ.



