ޚަބަރު

ފާއިތުވި ދެހަފްތާތެރޭ ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުން ދެހާހުން މައްޗަށް


ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ފަހުން ފާއިތުވި ދެހަފްތާތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު ދެހާހުން މައްޗަށް އަރައިފިއެވެ.

ފާއިތުވި ދެހަފްތާއަށްފަހު ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް ގެ އަދާ ހަމަ ކޮށްފައިވަނީ މިއަދުއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވީ މި މަހު 13 ވަނަ ދުވަހުގައެވެ. އެގެ ފަހުން މިމަހުގެ 26ވަނަ ދުވަހާ ހަމައަށް ޖުމްލަ 2342 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ މުއްދަތުގައި މިހާތަނަށް ކޮވިޑް ބަލީގައި އެކަކު ނިޔާވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދަައްކައެވެ.

ރާއްޖެ އިން މިހާތަނަށް 176،993 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވާއިރު، ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 298 މީހަކު ވަނީ ނިޔާވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close