ޚަބަރު

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް ބާއްވަނީ

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ “ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތް 2021″ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލައިފައެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މި މުބާރާތަކީ މީސް މީޑިއާ މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ޝަޢުގުވެރި ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ދީނީ އަދި އިޖްތިމާޢީ މެސެޖުތަކާއި ނަޞޭހަތް ފޯރުކޮށްދީ، ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އިސްލާމީ ޘަޤާފަތާއި އާދަކާދައިގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ މުބާރާތެކެވެ.

އެގޮތުން 5 ދާއިރާއަކުން ވީޑިއޯ ކްލިޕް ތައްޔާރުކޮށް ހުށަހެޅުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

މުބާރާތުގައި ކްލިޕްތައް ހުށަހެޅޭނެ ދާއިރާތައް:

ކީރިތި ރަސޫލާ مُحَمَّد ﷺ ގެ މީސްތަކުންނާ މުޢާމަލާތް ކުރެއްވި ގޮތް

ކީރިތި ރަސޫލާ مُحَمَّد ﷺ ގެ ހޭދަކުރެއްވުން

ކީރިތި ރަސޫލާ مُحَمَّد ﷺ ގެ އިޤްތިޞާދު ކުރެއްވުން

ކީރިތި ރަސޫލާ مُحَمَّد ﷺ ގެ ދީންވެރިކަމާއި، އަޅުވެރިކަން ދުނިޔަވީ ކަންކަމުގައި ތަވާޒުނުކޮށް ކުރެއްވިކަން

ކީރިތި ރަސޫލާ مُحَمَّد ﷺ ގެ ޢާއިލީ ގުޅުންތައް

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފުރިހަމަށްކުރުމަށްޓަކާ މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކަމަށް ޚާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރިހަމަކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އަދި އަންނަމަހުގެ 14 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މުބާރާތުގައި ބައިވެރިކުރާ ކްލިޕްތަކުގެ ސީޑީ އެ މިނިސްޓްރީއަށް ހުށަހެޅުމަށްވެސް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް https://t.co/TIZmiJ7Xdr#MVIaffairs

— Ministry of Islamic Affairs (@MVIaffairs) October 6, 2021

މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ދެވަނައަށް 4000 ރުފިޔާ އަދި ތިންވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ހަތަރުވަނައިން ފެށިގެން ހަތްވަނައަށް 2000 ރުފިޔާ އަދި އަށްވަނައިން ފެށިގެން ދިހަވަނައަށް 1000 ރުފިޔާ ލިބޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close