ޚަބަރު

ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި


މާލޭގައި ފުލުހުން ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިފިއެވެ.

މި އޮޕަރޭޝަނަކީ ސޯސަން މަގުގަިއ މިރޭ އިޝާނަމާދު ވަގުތުން ފެށިގެން ފުލުނުން ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނެކެވެ. ޕިކަޕެއްގައި ގިަނ އަދަދެއްގެ ފޮށިތަކާއިއެކު މަސްތުވާތެކެތި އުފުލާކަމުގެ މައުލޫމާތު ލިބިގެން ހިންގި މި އޮޕަރޭޝަންގައި ފުލުހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ގަނެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އަދި މިކަމުގައި ހަރަކާތްތެރިވި މީހުންގެ ތެރެއިން 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންފޮސްފައެވެ. އޭގެ ތެރޭގައި 2 ދިވެހިންނާއި، 2 ބިދޭސީން ހިމެނެއެވެ.

ފުލުހުން ވަނީ މުޅި ސަރަހައްދު ބަންދުކޮށް، އެސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި އަތުލައިގަތް މަސްތުވާތަކެތި ފުލުނުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް މާލޭގައި ކުރިއަށް ގެންދާކަމަށާއި، އިތުރު ތަފްސީލް ފަހުން ދޭނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close