ޚަބަރު

ބިމު ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ލިބޭ އިސްލާހު ފާސްކޮށްފި

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ އެރަށެއްގެ ކައުންސިލްތަކަށް ކަން ކަނޑައަޅައި ގަވާއިދު އިސްލާހުކޮށްފި އެވެ.

މިއަދު ގެޒެޓްކޮށްފައިވާ އިސްލާހު ބުނާ ގޮތުގައި، އެކިއެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ އެރަށެއްގެ ނުވަތަ އެ ސިޓީގެ ތަނަވަސްކަމަށާއި، އިގްތިސޯދީ ފުދުންތެރިކަމަށް އަދި ބިމުގެ ޑިމާންޑަށް ބަލައި ކައުންސިލްތަކުން ކަމަށެވެ.

މި ބަދަލު ގެނެސްފައި ވަނީ “ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދަށް” ގެނައި ހަތަރުވަނަ އިސްލާހުގަ އެވެ. އެގޮތުން އަގު ކަނޑައަޅާއިރު އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ އަގުތަކަށް ރިއާޔަތްކުރަން ވާނެ ކަމަށް ވެސް ގަވާއިދު ބުނެ އެވެ.

މި އަގުތައް ކޮންމެ ދެ އަހަރަކުން އެއް އަހަރު މުރާޖައާ ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެކިއެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ކުލި ތަފާތު ކުރުމުގެ އިހުތިޔާރު ވެސް ކައުންސިލްތަކަށް ލިބިގެންވާ ކަމަށް ގަވައިދުގައި ވެއެވެ. ނަމަވެސް ފަތުރުވެރިކަމަށް ދޫކުރާ ބިންތައް ދޫކުރަން ޖެހޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close