ޚަބަރު

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް 3 ބޭފުޅަކު ކުރިމަތި ލައްވައިފި

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް 3 ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ. އެއީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ އަދި ޤާނޫނީ ވަކީލް ޙުސައިން ޝަމީމްއާއެކު އިތުރު ދެބޭފުޅުންނެވެ.

ޕީޖީގެ މަޤާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިއަދު މެންދުރު ދޭއް ޖެހުމާއި ހަމައަށެވެ. އެ މުއްދަތުގައި އެ މަޤާމަށް ކުރިމަތިލެއްވީ ޤާނޫނި ވަކީލް ޙުސައިން ޝަމީމްގެ އިތުރުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތާއި، ޤާނޫނީ ވަކީލް އަޙްމަދު ޒަނީންއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

މަޤާމުން އިސްތިއުފާދެއްވާ ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާ މަޤާމުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީން ކުރަމުންދާ މަސައްކަތްތަކީ އިހްލާސްތެރިކަމާއެކު ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެކަން ބަލައިނުގަންނަކަމަށްވެސް ބިޝާމްގެ ބަޔާނުގައި ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close