ޚަބަރު

ކޮވިޑް-19 ޖެހުނު އިތުރު ދެ ދިވެއްސަކު ރާއްޖެއިން ރަނގަޅުވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދިޔަ އިތުރު ދެ ދިވެއްސަކު ބަލިން ރަނގަޅުވެއްޖެއެވެ. ހެލްތް ޕްރޮޓެޖްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި 13 ބިދޭސީ މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 16 އަށް އަރަފައެވެ. މީގެ ކުރިން ވެސް ރާއްޖޭގައި ކޮވިޑް-19 ޖެހުނު ދިވެއްސަކު ވަނީ ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 20 މީހުންނެވެ. އޭގެ ތެރެއިން ދެ މީހުން ފައްސިވެފައި ވަނީ ރާއްޖެއިން ބޭރަށް ދިޔަ ފަހުންނެވެ.

އެހެންކަމުން މިހާރު ރާއްޖޭގައި މި ބަލި ޖެހިގެން ފަރުވާދެމުން ދަނީ ދެ މީހަކަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close