އިތުރު 137 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އިތުރު 137 މީހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
މިއަދަކީ ފުރަބަންދަށް ލުއިދިންފަހުން އެންމެ ގިނަމީހުން ޕޮޒިޓިވް ވީދުވަހެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެހިންނާއި ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ 9 މީހަކާއި ސްރީ ލަންކާގެ 4 މީހަކާއި ފިލިޕީންސް މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 3506 އަށް އަރާފައެވެ.
މިބަލިން މިއަދު އެއްވެސް މީހަކު ރަނގަޅުވީކަމަކަށް އެޗްޕީއޭއިން ހާމައެއްނުކުރައްވައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 929 މީހުންނެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެތެރެއިން 2547 މީހުން ވަނީ މިހާތަނަށް ބަލިން ރަނގަޅުވެފައެވެ.
