ބޭރުދުނިޔެ

ނިއުޔޯކް ސިޓީގައި ރޭލެއްގެ ކުރިމައްޗަށް ކޮއްޕައިލާ އަންހެނަކު މަރާލައިފި

ނިއުޔޯކް (ޖެނުއަރީ 15) – ނިއުޔޯކް ސިޓީގެ މަގުތަކާއި ޓްރެއިންތަކުގައި ގެދޮރު ނެތް މީހުންނަށް ސަބްވޭ ޕޮލިސިންގ އާއި އައުޓްރީޗް އިތުރު ކުރަން ނިންމާފައިވާ ކަން މޭޔަރާއި ގަވަރުނަރު އިއުލާން ކުރެއްވިތާ ހަފުތާއަކަށް ވުރެ ކުޑަ ތަންކޮޅެއް ފަހުން، ޓައިމްސް ސްކޮޔާ ސްޓޭޝަންގައި ހުންނަ ސަބްވޭ ރޭލެއްގެ ކުރިމައްޗަށް ކޮޢްޕާލައި މަރާލައިފި އެވެ.

މިއަމަލު ހިންގި މީހާ އެތަނުން ފިލައިގެން ދިޔަ ކަމަށް ގަބޫލުކުރެވުނު ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ޓްރާންސިޓް ޕޮލިހަށް އަމިއްލައަށް އެމީހާ އައިސްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ކީޝޯންޓް ސެވެލް އެ ސްޓޭޝަންގެ މޭޔަރު އެރިކް އެޑަމްސްއާ އެކު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.

ނިއުޔޯކްގެ މިޝޭލް އެލިސާ ގޯ ނަމަކަށް ކިޔާ އުމުރުން 40 އަހަރުގެ މި މީހާ ސައުތު އާރް ޓްރެއިން ސްޓޭޝަންގައި  ހެނދުނު 9.40 ހާއިރު ހުރިކަމަށް ފުލުހުން ބުނެއެވެ.

“މި ހާދިސާއަކީ އަސްލެއް ނެތް ހާދިސާއެއް، އަނިޔާ ލިބުނު މީހާ އާއި އަމަލު ހިންގި މީހާއާއި އެއްވެސް މުއާމަލާތެއް ކުރި ކަމަށް ނުބެލެވޭ،” ސެވެލް ވިދާޅުވި އެވެ.

އެހެން އަންހެނަކު ފުލުހުންނަށް ކިޔައިދިން ގޮތުގައި އެ ފިރިހެން މީހާ އޭގެ މިނެޓުތަކެއް ކުރިން އޭނާގެ ކައިރިއަށް ދިޔަ ކަމަށާއި އޭނާ ރޭލް ޓްރެކްގެ މައްޗަށް ކޮއްޕައިލަފާނެ ކަމުގެ ބިރު ހީވި ކަމަށެވެ.

މިމައްސަލަ ނިއުޔޯކް ސިޓީގެ ފުލުހުން ތަހްޤީޤު ކުރަމުންދާކަމަށް ވަނީ ރިޕޯޓްތައް ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close