ކަޒަކިސްތާނުގައި ކުރަމުންދާ މުޒާހަރާތަކުގެ ފަހަތުގައި ވަނީ ކޮން ކަމެއް؟
ކަޒަކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އަލްމަޓީގައި ހުންނަ ސިޓީ ހޯލް އަނދައި އަޅިއަށްވެ، މުޒާހަރާގެ ބައިވެރިން ވަނީ އެ ގައުމުގެ ފުރަތަމަ ރައީސް ނޫރުސުލްތާން ނަޒަރްބަޔޭވްގެ ތަސްވީރު ތަޅާލާފައެވެ.
ކަޒަކިސްތާނުގައި މުޒާހަރާތައް ވަރަށް މަދުން ނޫނީ ނުބާއްވާއިރު، އާ އަހަރަކީ ރަސްމީ ބަންދު ދުވަސްތަކުގެ ބޭނުން ހިފައިގެން މީހުން އާއިލާއާއެކު ހޭދަކުރަން ޖެހޭ ދުވަސްވަރަކަށް ވެފައި، ރޭގަނޑުގެ ފިނިހޫނުމިން ޒީރޯއަށް ވުރެ ދަށަށް ވެއްޓިދާނެތީ، މުޒާހަރާތަކަށް މިވަގުތަކީ އެއަށްވުރެ ވެސް ނާދިރު ވަގުތެކެވެ.
ނަމަވެސް މި އަހަރަކީ 1991 ވަނަ އަހަރު ކަޒަކިސްތާނުގެ މިނިވަންކަމަށް ފަހު އެގައުމުގައި އެންމެ ބޮޑެތި މުޒާހަރާތައް ފެށުނު އަހަރެވެ.
ކަޒަކިސްތާނުގެ ގިނަ ރައްޔިތުން ކާރު ފިއުލްގެ ގޮތުގައި ބޭނުންކުރާ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލް.ޕީ.ޖީ)ގެ އަގު ދެގުނައަށް ބޮޑުކުރުމާ ދެކޮޅަށް އެދުވަހު ހުޅަނގުގެ ރަށެއް ކަމަށްވާ ޒަނައޮޒެންގައި ވަނީ މުޒާހަރާއެއް ކޮށްފައެވެ.
ތަކެތީގެ އަގު އުފުލިގެން ދިޔައީ، ތެލަށް ދައުލަތުން ދޭ ސަބްސިޑީ ހުއްޓުވައި، ބާޒާރުގައި އަގުތައް ޑިކްޓޭޓް ކުރުމަށް އެލް.ޕީ.ޖީ.އަށް އިލެކްޓްރޯނިކް ޓްރޭޑިންގ އަށް ބަދަލުގެނައުން ނިމުމަކަށް ގެނައުމާ ގުޅިގެންނެވެ.
ކަޒަކިސްތާނުގެ އެހެން ސިޓީތަކާއި ވިލެޖްތަކަށް ވެސް މުޒާހަރާތައް ވަނީ ފެތުރިފަ އެވެ.
ތެލުގެ އަގު ބޮޑުކުރުމުގެ ކުރިން ތެލުގެ އަގު އެއަށްވުރެ ވެސް ދަށްވާނެ ކަމަށް ސަރުކާރުން އަންގާރަ ދުވަހު އިޢްލާން ކުރި ނަމަވެސް، ބުދަ ދުވަހު ރައީސް ކަސިމް-ޖޯމާރޓް ޓޮކަޔޭވް ވަނީ އޭނާގެ ކެބިނެޓް އުވާލައްވާފައެވެ.

“ޓޮކަޔޭވް އާއި ސަރުކާރުން ގައުމުގެ އިޖުތިމާއީ އަދި އިގުތިސޯދީ ހާލަތާ މެދު މަޝްވަރާ ކޮށްފާނެ ކަމަށާއި މުސާރަ އާއި އިޖުތިމާއީ ޕޭމަންޓްތައް ބޮޑުކުރަން ނިންމަނީ އެކަމުގެ ސަބަބުން ނުތަނަވަސްކަން ފިލުވާލާނެ ކަމުގެ އުއްމީދުގައި ކަމަށް ވެދާނެ. އެކަމަކު އެންމެ ފަހު ވަގުތު ހުރިހާ އެންމެންނަށް ވެސް އިނގޭ އިސްލާހީ ބަދަލުތަކަކީ ހަގީގީ އިސްލާހީ ބަދަލުތަކެއް ނޫނޭ،” ކިޔޭވްގައި ދިރިއުޅޭ ކަޒަކިސްތާނުގެ ސިޔާސީ އެކްޓިވިސްޓެއް ކަމަށްވާ ދާނިޔަރް ޚަސެނޯވް ބުންޏެވެ.
‘މުސްކުޅިން ދާން ޖެހޭނެ’
“ޝާލް ކެޓް!” މި ލަވަ އެވެ. (“މުސްކުޅިން ދާން ޖެހޭނެ!”) ކަޒަކިސްތާނުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަމުންދިޔަ މީހުންގެ ގޮވަމުންދިޔައީ އެގޮތަށެވެ. އަދި ކަޒަކިސްތާނުގެ ރައްޔިތުންގެ ވިސްނުން ރައީސަށް އިއްވިއެވެ.
ނަޒަރްބަޔޭވް 2019 ވަނަ އަހަރު ރަސްމީކޮށް ރައީސްކަމުން ވަކިވެވަޑައިގެން އޭނާގެ ބަދަލުގައި އޭނާގެ އެކުވެރި ޓޮކަޔޭވް ވަނީ ރައީސްކަމަށް ގެންނަވާފައެވެ. އޭގެ ފަހުން ނަޒަރްބަޔޭވް ސަލާމަތީ މަޖިލީހުގެ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވެ. އަދި ޢުމުރުފުޅުން ދުވަސްވެ މުސްކުޅިފުޅުވީއިރުވެސް އޭނާގެ ބާރު ދޫކޮށްލެއްވުމަށް ބޭނުންވެ ވެވަޑައި ނުގަންނަވާކަން ހާމަވެގެން ދިޔައެވެ.
“ކަޒަކިސްތާނުގެ ރައީސް އޭނާގެ އާއިލާގެ މެމްބަރުންނާއި އޭނާގެ އަންހެން ދަރިން ގައުމު ނިކަމެތިކޮށް، އިގުތިސޯދުގެ ކޮންމެ ދާއިރާއެއްގައި، ހާއްސަކޮށް ތެލާއި ގޭހުގެ މޮނޮޕޮލީއެއް އޮންނަ ޓިމޫރު ކުލިބަޔޭވް، އަދި އެންމެންނަށް ވެސް އިނގޭ އެއީ [ގޭސް] އަގުތައް އުފުލުމުގެ ފަހަތުގައި އޮތް މޮނޮޕޮލީކަން.” އިދިކޮޅު މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައެވެ.
ކަޒަކިސްތާނަށް މިނިވަންކަން ލިބުނު ފަހުން ކަޒަކިސްތާނަކީ ސޯވިއެޓް އިއްތިހާދުގެ ފަހުން އައި އިންގިލާބުގެ ކާމިޔާބީގެ މަދު ވާހަކަތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ތެލާއި، ގޭހާއި، ކޮޕަރ، ކޯލް، އަދި ޔުރޭނިއަމް ފަދަ ޤުދުރަތީ ވަސީލަތްތަކުން މުއްސަނދިވެފައިވާ، އަދި ދުނިޔޭގެ އެންމެ އާބާދީ މަދު އެއް ރަށް ކަމުގައިވާ ޔުރޭނިއަމް، ކުރީގެ ސޯވިއެޓް ބެލެނިވެރިއަކާ ނުލައި، އެ ތަން ވަނީ ވަރަށް ރަނގަޅަށް ކުރިއަރާފައެވެ.
ނަވާރަ ސަތޭކަ ނުވަދިހަގެ އަހަރުތަކުގެ ތެރޭގައި ނަޒަރްބަޔޭވްގެ މައިގަނޑު ޝިއާރަކީ “އިގްތިސޯދު ފަސްޓް” އެވެ. އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް އޭނާ ހުއްދަ ދިނީ އޭނާގެ ސިޔާސީ ކޮންޓްރޯލް ޕާލަމެންޓްގެ މައްޗަށް ގަދަވެގަތުމުގެ ބާރު ގަދަކުރަމުން ދަނިކޮށެވެ.
“ދެން އިކޮނޮމީ ސެކްޓާ ބައި ސެކްޓާ އާ ހަވާލުވާން ފެށީ. އޭނާގެ އާއިލާއިން އަބަދުވެސް ތެލާއި ގޭހުގެ ސިނާއަތާއި އެހެނިހެން ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުން ދިޔަ، އެކަމަކު ވަރަށް އަވަހަށް ކޮންސްޓްރަކްޝަން، ބޭންކިން، ޓެލެކޮމް، ރީޓެއިލް ފަދަ އެހެން އިންޑަސްޓްރީތަކާ ހަވާލުވާން ފެށި،” ޖަރުދޭމާލީ ވިދާޅުވި އެވެ.
“މިހާރު އަހަރެމެންގެ އަތުގައި ވެސް އޮތީ ނަޒަރްބަޔޭވް އާއި އޭނާގެ ނަސްލުގެ ސިޔާސީ އަދި އިގްތިސޯދީ މޮނޮޕޮލީ،” ޖަރުދޭމާލީ ވިދާޅުވި އެވެ.
އެގޮތުން ފަހަކަށް އައިސް ސަރުކާރުން ވަނީ ފަރުދީ މިނިވަންކަމާއި މަދަނީ ހައްގުތައް ހަނިކުރަން ފަށާފައެވެ.
ނޫސްވެރިންނާއި ސިޔާސީ ވާދަވެރިންގެ އަޑު ކަނޑުވާލައި ނުވަތަ ޖަލުގައި ބަންދުކޮށްފައިވާއިރު، ފާޑުކިޔާ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ސްމިއަރ ކެމްޕޭންތައް ހިންގައި، އާބިޓްރަރީ ޑިޓެންޝަނަށް ހިއްވަރާއި، އިންޓަޕޯލް ގެ ބޭނުން ހިފައި، ގައުމުން ބޭރަށް ދިޔަ މީހުންގެ ފަހަތުން ދުވުމަށް މަސައްކަތް ކުރަމުން ދެއެވެ.
ކަޒަކިސްތާނުގައި މީގެ ކުރިން މުޒާހަރާތައް ކުރި ނަމަވެސް، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 2016 ވަނަ އަހަރާއި 2019 ވަނަ އަހަރު ކަމަށްވާއިރު، މި ފަހަރުގެ ތަހްގީގުކުރާ ފަރާތްތަކުން ބުނަނީ، ފާޅުކަން ބޮޑު ގޮތެއްގައި ލީޑަރެއް ނެތް މުޒާހަރާގެ ބައިވެރިން ނަޒަރްބަޔޭވްގެ ވެރިކަމާ މެދު ދެކޭ ގޮތް ނިމުމަކަށް ގެނައުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.
އަލިމަޓީގައި ހުންނަ ނޯވޭގެ ހެލްސިންކީ ކޮމިޓީގެ ރީޖަނަލް ރެޕްރެޒެންޓޭޓިވް މަރިއުސް ފޮސުމް ވިދާޅުވީ، ތެލުގެ އަގުތަކަކީ ކޮރަޕްޝަނާއި، ސިޔާސީ އިޚްތިޔާރުތަކާއި، މަދަނީ މިނިވަންކަން ނެތުމާއި، އެލީޓް މީހުން ލަގްޒަރީ ދިރިއުޅުމެއް އުޅެމުން ދާއިރު، ނިމުމެއް ގެނައުމަށް ގިނަ ފަހަރަށް ޖިހާދު ކުރާ ގައުމެއްގައި ޒަމާނުއްސުރެ ކުރަމުން އައި ޝަކުވާތަކާ ގުޅިގެން ބޮޑެތި މުޒާހަރާތަކެއް ފެށި ކަމެއް ކަމަށެވެ.
“ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ އަހަރުތަކެއް ވަންދެން މިފަދަ ކަންކަން ނުހިންގުމަށް އިންޒާރު ދީފައި – މި ކާރިސާގެ އެއް ސަބަބަކީ، އާބާދީއާ އެކަށީގެންވާ ގޮތެއްގައި މުއާމަލާތް ނުކުރުމާއި، ރައްޔިތުންގެ ސައްހަ ޝަކުވާތައް އަޑުއަހައި، އެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގައި ސަރުކާރު ދެމިއޮތުމުންނެވެ.
“މިއާ ޚިލާފަށް، މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގަނެ، ޚިޔާލު ތަފާތުވާ ފަރާތްތަކުގެ އަޑުކަނޑުވާލަން މަސައްކަތް ކުރުމުގެ ނަތީޖާއެވެ.
‘ނިޒާމު ބަދަލު ކުރެވިދާނެ’
ސަލާމަތީ މަޖިލީހުގެ ވެރިޔާގެ މަގާމުން ނަޒަރްބަޔޭވް ވަކިވާނެކަން ރައީސް ޓޮކަޔޭވް އިޢްލާން ކުރެއްވި ނަމަވެސް، މިއީ މުޒާހަރާގެ ބައިވެރިން ހިތްހަމަޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރަނީ މަދު ބަޔަކެވެ.
އަލްމަޓީ ހިމެނޭ ގޮތަށް ގިނަ ތަންތަނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް، ކަޒަކިސްތާނުގެ އެކި ސިޓީތަކުގައި އިންޓަނެޓް ކަނެކްޝަން ބްލޮކް ކޮށްފައިވާއިރު، އެކަމުގެ ސަބަބުން މިހިނގާ ކަންތައްތަކަށް އަމަލު ކުރަން މުޅި ދުނިޔެއަށް ވެސް ވަނީ ދަތިވެފަ އެވެ.
ނަމަވެސް މުޒާހަރާގެ ބައިވެރިން އާންމު އިމާރާތްތަކުގެ މައްޗަށް ވެރިވެގަނެ، ކުރިމަތިލުންތަކުގައި މަދުވެގެން 190 މީހުން ޒަޚަމްވެފައިވާއިރު، މުޒާހަރާތައް މައިތިރިކުރުމަށް ފުލުހުން ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކޮށްފައިވާކަން ސާފުވެއެވެ.
މުޒާހަރާތައް ހޫނުކުރުމުގެ ޒިންމާ ޓޮކަޔޭވް ވަނީއުފުއްލަވަން ޖެހިފައެވެ. “މާލީ ގޮތުން މަކަރުހަދާ” ކަމަށް ތުހުމަތުކޮށްފަ އެވެ.
“ގައުމުގެ އެތެރެއިންނާއި ބޭރުން އަންނަ ވަސްވާސްތަކަށް ބޯނުލަނބާނެކަމަށް،” ބުދަ ދުވަހު ޓޮކަޔޭވް ވިދާޅުވި އެވެ.
“މަދަނީ އަދި އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް ނަސޭހަތްދިނުމަކީ ކަނޑައެޅިގެން ޣައިރު ގާނޫނީ އަމަލެއް. މިއީ އަދަބު ލިބޭނެ ކުށެއް. ބާރުތައް ނުވެއްޓޭނެ، އަދި ފިތުނަ ފަސާދަ ބޭނުމެއް ނުވާނެ، އޭގެ ބަދަލުގައި އެކަކު އަނެކަކަށް އިތުބާރާއި މަޝްވަރާ ކުރާންޖެހޭނެ . އޭނާ ވިދާޅުވިއެވެ.
ބުދަ ދުވަހު ޓޮކަޔޭވް ވިދާޅުވީ މޮސްކޯގެ ތާއީދު ލިބިފައިވާ ސަލާމަތީ އެލަޔަންސެއް ކަމަށްވާ ކަލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޯގަނައިޒޭޝަން (ސީއެސްޓީއޯ) ގެ އެހީއަށް އެދުނީ “ޓެރަރިސްޓުން” އިސްވެ ތިބެ ކަމަށް ބުނާ މުޒާހަރާތައް މައިތިރި ކުރުމަށް އެހީތެރިވުމަށް ކަމަށެވެ.
“މިއަދު އަޅުގަނޑު ސީއެސްޓީއޯ ގައުމުތަކުގެ ވެރިންނަށް އިލްތިމާސް ކުރީ ކަޒަކިސްތާނަށް މި ޓެރަރިސްޓް ނުރައްކަލުން އަރައިގަތުމަށް އެހީތެރިވުމަށް،” ދައުލަތުގެ ޓީވީގައި އޭނާ ވިދާޅުވި އެވެ.
ޓޮކަޔޭވްގެ މި ވާހަކަތަކަކީ ސުންޕާ ވާހަކައަކަށް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، މުޒާހަރާގެ ބައިވެރިންނާއި، ގައުމުން ބޭރުގައި ތިބި ސަރުކާރުގެ އަނިޔާލިބިފައިވާ ފަރާތްތަކުން ދަނީ ސަމާލުވެ އުންމީދު ތައް ދަމަހައްޓަމުންނެވެ.
“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަޒަކިސްތާނަކީ ފެއިލްވެފައިވާ ދައުލަތެއް ނޫން، އަޅުގަނޑުމެންނަށް ނިޒާމު ބަދަލުކުރެވިދާނެ، ވެރިކަން ވެއްޓުމަކީ ވަގުތު އޮތް ކަމެއް. މިހާރުގެ ސަރުކާރަށް މި މައްސަލައަށް ހައްލެއް ނުލިބޭނެ، މުޒާހަރާތައް ދިގުލައިގެން ނޫނީ ނުދާނެ،” ޖަރުދޭމާލީ ވިދާޅުވި އެވެ.

