“ފާސްޓް އެންޑް ފިއުރިއަސް 9” ފެންނާނީ ކިހާތާކުބާ؟

ބެލުންތެރިންގެ ސަޕޯޓް ހޯދާފައިވާ “ފާސްޓް އެންޑް ފިއުރިއަސް 9” ރިލީޒްކުރާ ތާރީހު ވަނީ ބަދަލުކުރެވިފައެވެ. އެ ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިއަހަރުއެވެ. ނަމަވެސް ޔުނިވާސަލް ޕިކްޗާޒް އިން ގެނެސްދޭ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ކާމިޔާބު ފްރެންޗައިޒް އެ ފިލްމަކީ ގިނަ ބަޔަކު އެ ފިލްމުގެ އާބަޔަކަށް އަބަދުވެސް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ވިން ޑީޒެލް އާއި ޑްވޭން (ރޮކް) ޖޯންސަން އަދި ޖެސެން ސްޓެތަމް އެވެ. “ފާސްޓް އެންޑް ފިއުރިއަސް” އަކީ 2001 ވަނަ އަހަރުން ފެށިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފްރެންޗައިޒް އެކެވެ. “ފާސްޓް އެންޑް ފިއުރިއަސް” އަށްވަނަ ބައި “ފޭޓް އޮފް ދަ ފިއުރިއަސް” ރިލީޒްކުރީ 2017 އަހަރުގައެވެ.
މި ފިލްމު މިހާ ކާމިޔާބު ފިލްމެއްގެ ގޮތުގައި ގިނަބަޔަކަށް ކަމުދަނީ މަޝްހޫރު ގިނަ ތަރިންތަކެއް ފިލްމުގައި ހިރަކާތްތެރިވާތީއެވެ. މި ސިލްސިލާ ފިލްމަށް ލިބުނު އެންމެ ބޮޑު ގޮންޖެހުމަކީ ފިލްމުގެ ތަރި، ޕައުލް ވޯކަރ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވުމާއި ގުޅިގެންގެންނެވެ.
މި އެކްސިޑެންޓު މެދުވެރިވާން ދިމާވީ ޕައުލް ވޯކަރގެ ޕޯރޝް ޖީޓީ ބްރޭންޑުގެ ކާރު ކޮންޓްރޯލުން ނެއްޓި މަގުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. އަދި ކާރު އެވަގުތު ދުއްވަން އިނީ ޕައުލްގެ ރަޙްމަތްތެރިއެކެވެ.
40 އަހަރުގެ ޕައުލް ވޯކަރ އެކްސިޑެންޓުވީ އޭނާގެ ރަޙްމަތްތެރިޔަކާ އެކު ޗެރިޓީ ރީޗް އައުޓް ވޯލްޑް ވައިޑްގެ ހަފްލާއަކަށް ދިޔަ މަގުމަތީގައެވެ.
