ޚަބަރު

މެޕްސް ކޮލެޖުގެ ޖެނުއަރީ/ފެބްރުއަރީ 2022 އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެޑްވާންސްޑް ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސްގެ ތަފާތު 7 ދާއިރާއެއް ހިމެނޭގޮތަށް މެޕްސް ކޮލެޖްގެ ޖެނުއަރީ/ފެބްރުއަރީ 2022ގެ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފިއެވެ. އޭގެތެރޭގައި ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، މާރކެޓިންގ މެނޭޖްމެންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވެލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

މެޕްސް ކޮލެޖްގެ  އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ގްރޭޑް ދިހަ އެއް ނިންމާފައިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާއިރު، މިކޯސް ނިންމާލުމަށްފަހު އެފަރާތްތަކަށް ބެޗެލަރސް ޑިގްރީގެ ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދެއެވެ. ގްރޭޑް 10އެއް ނިންމާލުމަށްފަހު ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ އެހީގައި، އަދި 3 މަހުގެ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު އެފަރާތެއް ޚިޔާރުކުރާ ދާއިރާއެއްގެ ޑިގްރީ ކޯހަކަށް ވަނުމުގެ ފުރުސަތު ލިބިގެންދެއެވެ.  އަދި ހަމަ އެހެންމެ، އޭލެވެލްގެ ތިން ފާހާއެކު ސީދާ ޑިގްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

މެޕްސް ކޮލެޖްގެ އަމިއްލަ ނުވަތަ ލޯކަލް ހުރިހާ ކޯސްތަކަކީވެސް އޮންލައިންކޮށް އަމިއްލަ ރަށުގައި ނުވަތަ ރަށުން ބޭރުގައި މަސައްކަތްކުރާނަމަ އެތަނެއްގައި ތިބެގެން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެ  ކޯސްތަކެކެވެ. އަދި މެޕްސް ކޮލެޖުން ހިންގާ ހުރިހާ ޑިގްރީ ކޯސްތަކަކީ ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ “ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް” ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ.

މިކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ، 05 ފެބްރުއަރީ އެވެ.

މެޕްސް ކޮލެޖްގެ ލޯކަލް ކޯސްތަކުގެ އިތުރުން އެކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިހާރުވަނީ ހުޅުވާލެވިފައެވެ. އޭގެތެރޭގައި އިނގިރޭސިވިލާތުގެ  ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރގެ ޑިގްރީ އަދި މާސްޓަރސް ކޯސްތަކާއެކު އޭ.ސީ.ސީ.އޭގެ ކޯސްތައް ހިމެނެއެވެ. މިކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ، 31 ޑިސެމްބަރު 2021އެވެ. މީގެތެރެއިން އޭ.ސީ.ސީ.އޭގެ ޑިޕްލޮމާ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހުރިހާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްވެސް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ފަހިކޮށްދީފައެވެ.  

ކޮވިޑް-19އިގެ ޕެންޑަމިކްއާ ގުޅިގެން  މެޕްސް ކޮލެޖުގެ ހުރިހާ ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަނަމަވެސް ނިއު ނޯމަލްއާ އެއްގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ހުއްދައާއެކު  ބައެއް ކްލާސްތަކުގެ ކިޔެވުން މިހާރު ބާއްވަމުންދަނީ މެޕްސް ކޮލެޖުގު ކެމްޕަހުގައެވެ. މެޕްސް ކޮލެޖުން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ކޮލެޖްގައި ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުންނާއި އެކޮލެޖުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ލިބޭނެފަދަ ގޮތަކަށް އެޗް.ޕީ.އޭގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ލަފައާއި މަޝްވަރާއާއި އެއްގޮތަށެވެ. މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ.

މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 22 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ފެންވަރު ރަނގަޅު އެންމެ ޒަމާނީ ވަޞީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދޭ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close