ޚަބަރު

މެޕްސް ކޮލެޖުގެ ޖަނަވަރީ 2023 އިންޓޭކް ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުން

ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާރސް ލެވެލްއާއި ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުޞަތުތަކާއިއެކު، މެޕްސް ކޮލެޖްގެ ޖަނަވަރީ 2023 އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މެޕްސް ކޮލެޖުން މަޢުލޫމާތުދޭ ގޮތުގައި މިއިންޓޭކްގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ބިޒްނަސް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށް އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތުލިބިގެންދާއިރު، އެޑްވާންސްޑް ސެޓްފިކެޓް ކޯސް ފުރިހަމަކުރުމަށްފަހު ބެޗެލާސް ޑިގްރީގައި ބައިވެރިވުމުގެ ފުރުޞަތު މިދަރިވަރުންނަށް ލިބިގެންދާނެއެވެ. އޭލެވެލްގެ 2 ފާހާއެކު ބެޗެލާސް ޑިގްރީ ކޯސްތަކުގައި ބައިވެރިވެވޭއިރު، އޯލެވެލް އަދި އޭލެވެލް ފާސް ނެތް ފަރާތްތަކަށް، ‘އޯލްޓަނޭޓް އެންޓްރީ’ ނުވަތަ އެބޭފުޅެއްގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާފައިވެސް ކޯސްތަކުން ޖާގަދެވޭނެއެވެ.

މެޕްސް ކޮލެޖުން ހިންގާ ހުރިހާ ޑިގްރީ ކޯސް ތަކަކީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ ‘ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް’ ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެވެ. މިގޮތުން ގިނަ ޑިގްރީ ކޯސްތަކަކީ މުޅިން ހިލޭ ކިޔެވުމުގެ ފުރުޞަތު އޮތް ކޯސްތައް ކަމުގައިވެސް އެކޮލެޖުން ފާހަގަ ކުރެއެވެ. އަދި މިހުރިހާ ކޯސްތަކެއްވެސް ބައްޓަންކުރެވިފައިވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ. މިހުރިހާ މަޢުލޫމާތެއް މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv މެދުވެރިކޮށް ލިބިގެންދާއިރު، މަތީ ތަޢުލީމު ޙާޞިލުކުރުމުގައި ކުރިޔަށްދާންވީ ދާއިރާއެއް ޚިޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަންވެސް މެޕްސް ކޮލެޖުން ފޯރުކޮށްދޭނެއެވެ. މެޕްސް ކޮލެޖުގެ ނަމްބަރު 3314621 ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މިކަމުގައި މެޕްސް ކޮލެޖުގެ އެހީތެރިކަން ހޯދިދާނެއެވެ.

ޖެނުއަރީ 2023 އިންޓޭކްގައި މެޕްސް ކޮލެޖުން ހިންގާ އިންޓަރނޭޝަނަލް ކޮލިފިކޭޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. މިގޮތުން އެކައުންޓިންގ ދާއިރާއިން މުޅި ދުނިޔެ ޤަބޫލުކުރާ އެސޯސިއޭޝަން އޮފް ޗަރޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އަދި ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ ޑިގްރީ އާއި މާސްޓަރސް ކޯސްތައް ހިމެނެއެވެ. ޖެނުއަރީ 2023 އިންޓޭކްގެ އިތުރުން ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ ޑިގްރީ އާއި މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު 26 އޮކްޓޯބަރ 2022އާ ހަމައަށްވަނީ ހުޅުވާލާފައެވެ. ނޮވެމްބަރ 22ގެ މިއިންޓޭކަށްފަހު ޖެނުއަރީ 2023ގައި މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 5 ޖެނުއަރީ 2023 އާއި ހަމައަށެވެ. އޭ.ސީ.ސީ.އޭ ޑިޕްލޮމާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު 31 ޑިސެމްބަރު 2022ގެ ނިޔަލަށް ހުޅުވާލާފައިވާއިރު މެޕްސް ކޮލެޖުގެ އެޑްވާންސްޑް ސެޓްފިކެޓް އަދި ބެޗެލާސް ޑިގްރީގެ ކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 15 ޖަނަވަރީ 2023އެވެ.

2019ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތަޢުލީމު އުނގަންނައިދިނުގެ ޚިދުމަތް މެޕްސް ކޮލެޖުން ދެމުން އަންނަ އިރު މެޕްސް ކޮލެޖުގެ އޮންލައިން ކޯސްތަކަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކޯސްތަކެކެވެ. މެޕްސް ކޮލެޖަކީ 1999ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ތަޖުރިބާހުރި އެއްކޮލެޖެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close